
އދ. މާމިނގިލީގައި ގާސިމް އިބްރާހީމްގެ ބައްޕާފުޅުގެ ހަނދާނުގައި ބިނާކުރެއްވި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އަސްލުޓީވީ
ގާސިމްގެ ބައްޕާފުޅުގެ ހަނދާނުގައި މާމިނގިލީގައި މިސްކިތެއް ހުޅުވައިފި

މުޙައްމަދު ފަޟްލޫން - 27 ފެބްރުއަރީ 2026 - 09:51
ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް, އޭނާގެ ބައްޕާފުޅު، އަލްމަރްޙޫމް އިބްރާހިމްގެ ނަމުގައި އދ. މާމިނގިލީގައި ބިނާކުރި މިސްކިތް މަސްޖިދު އިބްރާހިމް މިއަދު ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ގާސިމް އިބްރާޙީމް އާއި ދެބޭފުޅުންނެވެ.
މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ގާސިމްގެ އާއިލާގެ ބޭފުޅުންނާއި ގާތް އެކުވެރިންނާއި ދައުލަތުގެ އެކި މަގާމްތައް ފުރުއްވާފައިވާ އިއްޒަތްތެރިންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

800 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ އަދި ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ މިސްކިތެކެވެ.
މިސްކިތުގައި އޭސީގެ ނިޒާމު ވަނީ ގާއިމްކޮށްފައެވެ.
ސަރުކާރުގެ ހަ ރަދުގައި ޢިމާރާތްކުރި ބައެއް މިސްކިތްތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން ޢިމާރާތްކުރި މިސްކިތްތައް ހިމެނޭހެން މި ރަމަޟާން މަހަށް 15 މިސްކިތެއް ވަނީ ހުޅުވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދޭން ފަށައިފި
12 ގަޑިއިރު ކުރިން

ޒަމާންތަކަށް ދިރިއުޅެން އޮތް އެންމެ އާރުލާ ސަބަބަކަށް ވާނީ ދިވެހި ތާރީހް: ރައީސް
12 ގަޑިއިރު ކުރިން

ބްރިޖް އެކްސިޑެންޓްގައި ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފި
12 ގަޑިއިރު ކުރިން

ކެންދޫ އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވައިފި
12 ގަޑިއިރު ކުރިން


.gif&w=3840&q=75)