logo

އޯޓިޒަމް ހުންނަ ކުދިންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅުއްވައިފި

profile

މުޙައްމަދު ފަޟްލޫން - 02 އޭޕްރީލު 2026 - 16:12

އޯޓިޒަމް ހުންނަ ކުދިންނަކީވެސް މުޖުތަމައުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ހަމަހަމަ ފުރުޞަތުތަކެއް ލިބެންޖެހޭ ބައެއްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

https://wamco.com.mv/

ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވީ، ކޮންމެ އިންސާނަކީވެސް އެމީހަކަށް ބޭނުންވާ ލޯތްބާއި، އަޅާލުމާއި، އިޙުތިރާމް ލިބެންޖެހޭނެ ފަރާތެއް ކަމަށެވެ. އަދި އުނގެނުމާއި ކުރިއެރުމުގެ ހަމަހަމަ ފުރުޞަތުތަކުގެ އިތުރުން، މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައި ފުރިހަމައަށް ބައިވެރިވުމުގެ ޙައްޤު އެފަރާތްތަކަށް އޮންނަންވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި، ގޭތެރެއާއި ތަޢުލީމީ މަރުކަޒުތަކުގެ އިތުރުން، މަސައްކަތުގެ މާހައުލާއި އާންމު ތަންތަނުގައި އެންމެން ބައިވެރިކުރުމުގެ ރީތި ސަގާފަތެއް ބިނާކުރެވޭނީ، ހޭލުންތެރިކަމާއި އޯގާތެރިކަމާއެކު ކުރެވޭ މާނަހުރި މަސައްކަތްތަކުންނެވެ.

މީގެއިތުރުން، އޯޓިޒަމް ހުންނަ ކުދިންނަށް ތުއްތުއިރުން ފެށިގެން ބޭނުންވާ ޚާއްޞަ ފަރުވާ ނުވަތަ 'އާލީ އިންޓަވެންޝަން' ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވައިލެއްވިއެވެ. އެފަރާތްތަކުގެ ކިބައިގައިވާ ހުނަރުތައް ތަރައްޤީކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެ އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަކީ، ހަމައެކަނި އެ ފަރުދުންނަށް ލިބޭ ކުރިއެރުމެއް ނޫން ކަމަށާއި، އެއީ މުޅި ޤައުމުގެ އިޖުތިމާއީ ވަށައިޖެހުން ވަރުގަދަވެގެންދާނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk