logo

24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި

profile

މުހައްމަދު މުޝްރިފް - 02 އޭޕްރީލު 2026 - 16:24

2025 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބީއެމްއެލްގެ އޭޓީއެމް ނެޓްވާކްގައި ހިމެނޭ އޭޓީއެމް އަދަދު އޭގެ ކުރީ 24 އަހަރަށް ވުރެ 2 ގުނަ އިތުރުވެފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރޭ އެ ބޭންކުން ސިންކްރޮނައިޒްކޮށް އެއްފަހަރާ، 90 ކޭޝްރީސައިކްލާ އޭޓީއެމް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދއްކަވަމުންނެވެ.

"މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި، 187 ރަށެއްގައި 340 އޭޓީއެމް އެބަހުރި. 2025 އިން ފެށިގެން މިއަދު މިހުޅުވޭ އޭޓީއެމްތަކުގެ ޖުމްލަ އަދަދު އޭގެ ކުރީގައި ހުރި އަދަދަށް ވުރެ ދެ ގުނަ އިތުރު. "

އޭނާ އިތުރަށް ވިދާޅުވީ، ސެލްފްސަރވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތަކީ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އަބަދުވެސް ބޭނުންވާ ޚިދުމަތެއްކަމަށާއި މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ މި ސެލްފްސަރވިސް ބޭންކިން އޭޓީއެމް ޚިދުމަތް ބަލައިގެންފައިވާ މިންވަރު ހާމަކޮށްދެނީ މި ޚިދުމަތް ބޭނުންކުރަމުންދާ މިންވަރުންކަމަށެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބު ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ "މުޅި އޭޓީއެމް ނެޓްވާރކް މެދުވެރިކޮށް 2025 ވަނަ އަހަރު ވަނީ 17.1 ބިލިއަން ރުފިޔާ ޖަމާކޮށްފަ. އަދި 8.4 މިލިއަން މުއާމަލާތްކޮށްފަ."

މިދިޔަ އަހަރު ބޭންކުން 105 ރަށުގައި އަލަށް ބެހެއްޓި އޭޓީއެމްތަކުން މިދިޔަ އަހަރު 356 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.

https://wamco.com.mv/
https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk