logo

ސީއެޗްއެސްއީގެ ހަތަރު ދަރިވަރަކަށް އެމްއޭސީއެލް މެރިޓް އެވޯޑް 2025 ދީފި

profile

މުހައްމަދު މުޝްރިފް - 02 އޭޕްރީލު 2026 - 16:45

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މެރިޓް އެވޯޑް 2025، ސެންޓަރ ފޮ ފަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ހަތަރު ދަރިވަރަކަށް ދީފިއެވެ.

https://wamco.com.mv/

އެމްއޭސީއެލް މެރިޓް އެވޯޑަކީ ދަރިވަރުންނަށް ކިޔެވުމަށް ހިތްވަރުދީ، ގައުމަށް ބޭނުންވާ ހުނަރުވެރި ޒުވާނުން އުފެއްދުމަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދެމުންދާ އެވޯޑެކެވެ. އެގޮތުން މިދިޔަ ދެ އަހަރުވެސް މި އެވޯޑް ވަނީ ދީފައެވެ.

މި އެވޯޑް ދެނީ ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރަކަށެވެ. މި ދަރިވަރުން ހޮވަނީ ސީއެޗްއެސްއީންނެވެ.

ސީއެޗްއެސްއީގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީއެއްގައި މި އެވޯޑް ލިބުނު ހަތަރު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު އަލީ ހުޒައިމްއެވެ.

މި އަހަރުގެ އެވޯޑް ހާސިލުކުރި ދަރިވަރުންނަކީ:

  1. އަޒްވަދު ޒާހިދު ޙަމީދު
  2. އީޒާން ޢަލީ
  3. ހަމްދާ އަޙްމަދު ޝިހާމް
  4. ޢާއިޝަތު ނައުރީން ޙަމްދީ

މި ދަރިވަރުންނަށް އެމްއޭސީއެލްގެ ފަރާތުން ލެޕްޓޮޕަކާއި ވައި-ފައި ޑިވައިސްއެއްގެ އިތުރުން އެއް އަހަރު ދުވަހުގެ މުއްދަތަށް ޑޭޓާ ޕެކޭޖާއި، ކޮންމެ މަހަކު ފައިސާގެ އެލަވެންސެއް ވެސް ދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އެމްއޭސީއެލް މެރިޓް އެވޯޑުގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލް އިން ދަނީ ސީއެޗްއެސްއީގެ ބެސްޓް އޯލް ރައުންޑް ދަރިވަރުންނަށް ފައިސާގެ އިނާމުވެސް ދެމުންނެވެ. އަދި އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ސްކޫލްތަކަށް ވަސީލަތްތަކާއި އެހެނިހެން އެހީތެރިކަން މިދަނީ ފޯރުކޮށްދެމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk