logo

2025 ވަނަ އަހަރު ޓީޓިގެ މުއާމަލަތްތަކަށް ބޭނުންވާ ޑޮލަރަށް %50 އާ ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ 2024 ވަނަ އަހަރާ ބަލައިރު ބޮޑު ކުރިއެރުމެއް: ޝަރީފް

profile

މުހައްމަދު މުޝްރިފް - 02 އޭޕްރީލު 2026 - 16:32

2024 ވަނަ އަހަރު ޓީޓީގެ މުއާމަލާތްތަކަށް ބޭންކުން ޑޮލަރު ސަޕޯޓް ދެމުން އައީ 5% އާ 10% ޕަސަންޓްއާ ދެމެދު ކަމަށާއި 2025 ވަނަ އަހަރު ޓީޓީގެ މުއާމަލާތްތަކަށް %50 އާ ހަމައަށް ޑޮލަރު ސަޕޯޓް ދޭ ގޮތަށް ހަމަޖެއްސުމަކީ ބޮޑު ކުރިއެރުމެއް ކަމަށް ބީއެމްއެލްގެ ސީއީއޯ އެންޑް އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ 90 އޭޓީއެމްއާއި 6 ބްރާންޗް އިފްތިތާހުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ޝަރީފް ވިދާޅުވީ ޓީޓިއަށް ބޭންކުން ދޭ ޑޮލަރު ސަޕޯޓަށް ގެނައި ބަދަލާއެކު ޓިޓިއަށް ވިއްކާ ޑޮލަރުގެ އަދަދު 4 ގުނަ އިތުރުވި ކަމަށެވެ. ވޭރުވެދިޔަ އަހަރު ބޭންކުން ޑޮލަރު ވިއްކާފައިވާ ގޮތަށް އަލިއަޅުވާލަމުން ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ވިޔަފާރިތަކަށް ޖުމްލަ 175 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި މީގެ ތެރެއިން 104 މިލިއަން ޑޮލަރު ވިއްކާފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. އަދި އާންމު ފަރުދުންގެ އެކިއެކި ބޭނުންތަކަށް ކްރެޑިޓް އަދި ޑެބިޓް ކާޑުތަކަށް 390 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
" ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް 98.5 މިލިއަން ޑޮލަރު ވިއްކާފައިވާއިރު ޢުމްރާ ވެރިންނަށް 9 މިލިއަން ޑޮލަރު ވިއްކާފައިވޭ. އެހެންކަމުން 2025 ވަނައަހަރު ބީއެމްއެލް އިން ވިއްކި ޖުމްލަ ޑޮލަރުގެ އަދަދަކީ 672.5 މިލިއަން ޑޮލަރު. އެއީ ދުވާލަކަށް 1.84 މިލިއަން ޑޮލަރަށް ވުރެވެސް ބޮޑު އަދަދެއް." ޝަރީފް ވިދާޅުވިއެވެ.

https://wamco.com.mv/
https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk