ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ޓީމޫ، އަލީ އެކްޕްރެސް ފަދަ ސައިޓް ތަކަށް ލިމިޓެއް ކަނޑައަޅަނީ

ރިޟްވާން މޫސާ - 02 މޭ 2026 - 11:01
ޓީމޫ އަލީ އެކްސްޕްރެސް އަލީބާބާ ފަދަ ވެބްސައިޓްތަކުން ޓްރާންސެކްޝަންތައް ހެދޭނެ ވަކި އަދަދެއް ކަނޑައަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމައިފިއެވެ.
ބެންކް އޮފް މޯލްޑިވްސްގެ ހެޑު އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އޮންލައިން ވިޔަފާރިތައް ނުވަތަ އީ ކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް ބޭންކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހުރިހައި ކަސްޓަމަރުންނަށް ވެސް ހަމަހަމަ އުސޫލަކުން މި ޙިދުމަތް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުން ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
މީގެ އިތުރުން ރާއްޖޭގައި ހުރި މީހެއްގެ ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހަދައި ކިޔަވާ ކުދިންނަށް ޚާއްސަ ކާޑެއް ތަޢާރަފުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
ޝަރީފް ވިދާޅުވީ މި ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވަނީ ބޭންކުން ޑޮލަރު ގަންނަން ލިބޭވަރަށްވުރެ ޑޮލަރު ވިއްކޭ އަދަދު އިތުރުވެފައިވާތީ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގައި ހުރި މީހެއްގެ ކޭޝްކާޑް ރާއްޖެއިން ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދަނީ
2 ގަޑިއިރު ކުރިން

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީޔާ އަށް 2.3 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް!
4 ގަޑިއިރު ކުރިން

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ އިޙްސާސްތައް ދެނެގަތުން: ނާޝިދު
4 ގަޑިއިރު ކުރިން

މިލަންދޫގެ ބިންހިއްކުމުގެ %90 މަސައްކަތް ނިމިއްޖެ!
4 ގަޑިއިރު ކުރިން


.gif&w=3840&q=75)