
ބީއެމްއެލްގެ އިޝްތިހާރެއް
ރާއްޖޭގައި ހުރި މީހެއްގެ ކޭޝްކާޑް ރާއްޖެއިން ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދަނީ

ރިޟްވާން މޫސާ - 02 މޭ 2026 - 10:55
ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރަށް ގެންގޮސް ބޭނުންކޮށްގެން، ބޭރުގެ އޭޓިއެމްއާއި ޕީއޯއެސް މެޝިންގައި ޑޮލަރު މުއާމަލާތްތައް ނުކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ބެންކް އޮފް މޯލްޑިވްސް ބީއެމްއެލް އިން ބުނެފި އެވެ.
ބެންކް އޮފް މޯލްޑިވްސް އިން ވަނީ މިއަދު މި މައުލޫމާތުތައް ރައްޔިތުންނާއި ހިއްސާ ކުރެއްވުމަށް ނުސްވެރިންގެ ބައްދަލުވުމެއް އެ ކުންފުނީގެ ހެޑް އޮފީހުގައި ކުރިއަށް ގެންގޮސްފަ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވަނީ ބޭންކުން ޑޮލަރު ގަންނަން ލިބޭވަރަށްވުރެ ޑޮލަރު ވިއްކޭ އަދަދު އިތުރުވެފައިވާތީ ކަމަށެވެ.
ބެންކުން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅު ތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގައި ތިބޭ މީހުންގެ ކާޑު، ކާޑުގެ ވެރިފަރާތާއި ނުލައި ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭ ގޮތް ހަމަޖެއްސުން ހިމެނޭ ކަމަށެވެ.

ބީއެމްއެލްގެ އިޝްތިހާރެއް
ޝަރީފް ވިދާޅުވީ މިގޮތަށް ނިންމެވި ނަމަވެސް ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ކާޑެއް ނެތް ދަރިވަރުންނަށް ބެލެނިވެރިޔާ ރާއްޖޭގައި ހުރި ނަމަވެސް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެފަދަ ދަރިވަރުންނަށް ޚާއްސަކޮށްގެން ވަކި ލިމިޓެއް ކަނޑައެޅިފައިވާ ކާޑެއް ތަޢާރަފުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކާޑުތަކުން ރާއްޖެއިން ބޭރުގައި ކުރާ މުއާމަލާތްތަކަށް ދޫކުރާ ލިމިޓް އެކްޓިވޭޓް ވާނީ އެމީހަކު ކާޑު ހިފައިގެން ރާއްޖެއިން ބޭރަށް ފުރުމުން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
ޓީމޫ، އަލީ އެކްޕްރެސް ފަދަ ސައިޓް ތަކަށް ލިމިޓެއް ކަނޑައަޅަނީ
2 ގަޑިއިރު ކުރިން

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީޔާ އަށް 2.3 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް!
4 ގަޑިއިރު ކުރިން

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ އިޙްސާސްތައް ދެނެގަތުން: ނާޝިދު
4 ގަޑިއިރު ކުރިން

މިލަންދޫގެ ބިންހިއްކުމުގެ %90 މަސައްކަތް ނިމިއްޖެ!
4 ގަޑިއިރު ކުރިން


.gif&w=3840&q=75)