logo

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީޔާ އަށް 2.3 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް!

profile

ރިޟްވާން މޫސާ - 02 މޭ 2026 - 09:03

މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މެދު އިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެމެރިކާ އަށާއި، އެގައުމުގެ އަސްކަރިއްޔާ އަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ބައިނަލް އަގުވާމީ މީޑިޔާ ތަކުން ރިޕޯރޓް ކޮށްފި އެވެ.

https://wamco.com.mv/

އީރާނާ އިދެކޮޅަށް މަގުބޫލު އުޒުރުރެއް ނެތި އެމެރިކާ އާއި، އިސްރާއީލު ގުޅިގެން ހަމަލާ ދޭން ފެށީ ފެބުރުއަރީ މަހުގެ 28ވަނަ ދުވަހުގަ އެވެ.

އެމެރިކާ އާއި، އިސްރެއިލްގެ ހަމަލާ ތަކުގައި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ އަލް ހާމަނާއީ އަވަހާރަ ކޮށްލާފައިވާއިރު ޔަހޫދީންގެ ހަމަލާ ތަކުގައި ވަނީ އީރާނުގެ އަންހެނުންނާއި ކުޑަކުދިންވެސް ޝަހީދުކޮށްފަ އެވެ.

ނަމަވެސް އެމެރިކާ އާއި އިސްރާއީލުގެ މައްޗަށް ހަނގުރާމައިގައި އީރާނުން ތެދުވެ ހަމަލާތައް ވަރުގަދަ ކުރަން ފެށުމުގެ ނަތީޖާ އެއްގެ ގޮތުން ހަނަގުރާމައިގައި ގޮތް ހުސްވެ ވާހަކަ ދައްކަިއގެން ނުވަތަ މަޝްވަރާގެ މޭޒުން ކަންކަން އިސްލާހު ކުރުމަށް އެމެރިކާއިން ދިޔައީ ތަކުރާރުކޮށް އީރާނަށް ގޮވާލަމުންނެވެ.

މެދުއިރުމަތީގެ ހަނގުރާމަ މިވަގުތައް ވަނީ ވަގުތީ ގޮތުން މެދުކެނޑިފަ އެވެ. އެމެރިކާ އާއި އީރާނުން ވާހަކަ ދައްކަމުން އަންނަނީ ސުލްހައިގެ މަޝްވަރާތަކެކެވެ. ނަމަވެސް އިރާނުން ވަނީ އމެެރިކާ އަށާއި އިސްރާއީލަށް ވެސް އިންޒާރުތަކެއްދީފަ އެވެ.

ސުލްހައިގެ މަޝްވަރާތައް ކުރިއަށްދާއިރު އީރާނަށް އެއްވެސް ފަރާތަކުން ހަމަލާއެއް ދީފިނަމަ ނުވަތަ ދޭން މަސައްކަތް ކޮށްފިނަމަވެސް މެދު ނުކެނޑި ދިގުދެމިގެންދާ ހަނގުރާމަ އެއް ފަށާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފަ އެވެ.

ހަނގުރާމަ އާއި ގުޅިގެން އިސްރާއީލަށް ލިބިފައިވާ ގެއްލުން އަންދާޒާ ނުކުރެވޭވަރަށް ގެއްލުންތައް ލިބިފައިވާ ކަން ފާހަގަ ކުރެވެ އެވެ. އެހެން ނަމަވެސް ރަސްމީ ކޮށްއިސްރައިލުން މިއިން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. ހަނގުރާމައިގައި ލިބުނު ގެއްލުން އިސްރާއީލުން ދަނީ ސިއްރު ކުރަމުންނެވެ.

ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ އިސްރާއީލުގެ ވެރިކަން ކުރާ ސީޓި މުޅިން ހަނަފަސް ސަހަރާ އަކަށް ހަދާލާފަ އެވެ. އީރާނުގެ ހަމަލާ ތަކަށް ފިލަން އިސްރާއީލުން ވަނީ ބޮޑެތި ބިންގަރާސްތަކެއް ވެސް ހަދާފަ އެވެ.

އީރާނުން މިހާރުވެސް %60 އަށް މުއްސަނދިކޮށްފައިވާ 440 ކިލޯގެ ޔުރޭނިއަމް ރައްކާކޮށްފައި ހުރުމަކީ މި ވަގުތު ދެ ޤައުމުގެ ދެމެދުގައި އޮތް އެންމެ ބޮޑު އެއް ޚިޔާލުތަފާތުވުމެވެ. ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތު އީރާނަށް ނުދެއްވާނެ ކަމުގައި ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk