
ރާއްޖޭގެ 10 ރަށެއްގައި ނޭޗާ ޕާކު ތަރައްގީކުރަނީ

ރިޟްވާން މޫސާ - 02 މޭ 2026 - 13:38
ރާއްޖޭގެ 10 ރަށެއްގައި ނޭޗާ ޕާކު ގާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަގުސަދުގައި، އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ދިހަ ރަށެއްގައި ނޭޗާ ޕާކު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

މި މަޝްރޫއަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ރަށްރަށުގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށް، ފަތުރުވެރިކަމާއި އިގުތިސާދީ ފައިދާ ރަށްރަށަށް ހޯދައިދިނުމަށް ފެށުނު މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން 2024 ވަނަ އަހަރު ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުމުން ވަރަށް ގިނަ ރަށްރަށުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ. އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ދިހަ ރަށް ވަނީ ކަނޑައަޅާފައެވެ.
މި ރަށްތަކުގެ ތެރޭގައި ހއ. މޮޅަދޫ، ހދ. ކުމުންދޫ، ނ. ލަންދޫ، ކ. ހުރާ، އދ. އޮމަދޫ، މ. ކޮޅުފުށި، ތ. ކިނބިދޫ، ލ. ގަން، ގއ. ކޮނޑޭ އަދި ގދ. ފިޔޯރީ ހިމެނެއެވެ. މިހާރު ދަނީ އެ ރަށްތަކުގެ ކައުންސިލްތަކާއެކު މަޝްވަރާކޮށް، ކޮންސެޕްޓާއި ސްކޯޕް ކަނޑައަޅައި، ގްރާންޓް އެގްރިމެންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗާ ޕާކު ގާއިމުކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ.
މިހާރުވެސް ރާއްޖޭގެ އެންމެ ބޮޑު ދެ ސިޓީ ކަމަށްވާ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ނޭޗާ ޕާކުތައް ވަނީ ގާއިމުކުރެވިފައެވެ. މީގެ ސަބަބުން އެ ރަށްރަށުގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރެވި، އާންމުންނަށާއި ފަތުރުވެރިންނަށް ހިތްފަސޭހަ މާހައުލެއް ވަނީ ގާއިމުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ވަރަށް ގިނަ ޝަކުވާ ލިބޭ: އާސަންދަ ސީއީއޯ
27 މިނިޓު ކުރިން
ފަސްޓްލޭޑީ، ލަންކާގެ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި
27 މިނިޓު ކުރިން
މިލަންދޫ އެއާޕޯޓައް ބޭނުންވާ ބިން ހިއްކައިފި
28 މިނިޓު ކުރިން

މިދިޔަ އަހަރު ރާއްޖެއިން މަސް އެކްސްޕޯޓް ކުރި މިންވަރު އިތުރު
30 މިނިޓު ކުރިން


.gif&w=3840&q=75)