logo

ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ވަރަށް ގިނަ ޝަކުވާ ލިބޭ: އާސަންދަ ސީއީއޯ

profile

ރިޟްވާން މޫސާ - 05 މޭ 2026 - 08:11

އާސަންދައިގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ހިލޭ ބޭސްފަރުވާގެ ތެރެއިން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކާއި ޝަކުވާތައް އަންނަމުންދާ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައި ވާހަކަދައްކަވަމުން ޒީނިޔާ ވިދާޅުވީ، ރާއްޖެއަށް ބޭސް އެތެރެކުރުމާއި އާސަންދައިގެ ދަށުން ބޭސް ދޫކުރުމުގެ ނިޒާމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން އާސަންދައިން ބޭސް ދޫކުރުމުގައި ބަލަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެޕްރޫވްކޮށްފައިވާ ލިސްޓަށް ކަމަށްވީ ނަމަވެސް، ބޭސްފިހާރަ ރަޖިސްޓްރީކުރާއިރު އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް ހުރޭތޯ ރަނގަޅަށް ނުބެލޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެޓީގައި ޒީނިޔާ ވަނީ އާސަންދފައިގެ ބޭސްފަރުވާގެ ޙަރަދުތަކުގެ ތެރޭގައި ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ރައްޔިތުންނަށްޓަކައި ކުރަމުން އަންނަކަން ފާހަގަކުރައްވާފަ އެވެ.

ޒީނިޔާ ވަނީ މިފަދަ ޙަރަދުތަކެއް ބޭސްފަރުވާ ދިނުމުގައި ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ އިރުގައިވެސް ރައްޔިތުންގެ ފަރާތުން ޝަކުވާ ކުރަންޖެހޭ ނުވަތަ ކަންބޮޑުވާންޖެހޭ ކަންކަން ހަމަ ފާހަގަކޮށްފައިވާ ކަމަށާއި، ދެވެން އޮތް އެންމެ ބޮޑެތި އެހީތެރިކަމެއް ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ކަމަށޭވެ.

ޒީނިޔާ ވިދާޅުވި ގޮތުގައި، އެމްއެފްޑީއޭއިން ބޭސް ވިއްކުމުގެ ހުއްދަ ދިނުމަށްފަހު އާސަންދަ އެމްޕެނަލް ކުރަން އަންނަ މަރުހަލާގައި އެކަން ހިފަހައްޓައިފިނަމަ އަމިއްލަ ފަރާތްތަކުގެ ޝަކުވާތައް އަމާޒުވެ، ގޮންޖެހުންތައް ކުރިމަތިވެއެވެ. އަދި ގައުމީ ފެންވަރުގައި ރާއްޖެއަށް އެތެރެކުރާ ބޭހުގެ އަދަދުތައް ދެނެގަނެވޭނެ އެއްވެސް މެކޭނިޒަމެއް މިހާރު ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޭސް ލިބުމުގައި އަދި ބޭހަށް އާސަންދަ ދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ބޭހެއްގެ، އެތެރެކުރާ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވުންކަން ވެސް ޒީނިޔާ ފާހަގަކުރެއްވިއެވެ.

ބޭސް ނުލިބުމުގެ ޝަކުވާއަކީ ވަރަށް ބޮޑަށް އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި، އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ ވެސް އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ.

އަދި ރާއްޖެއިން ނުލިބޭ ބޭސް، ރާއްޖެއިން ބޭރުން ގެންނަން ގިނަ ދުވަސްވާތީ އެ ކަންބޮޑުވުން ވެސް އެބައޮތެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk