
މިދިޔަ އަހަރު ރާއްޖެއިން މަސް އެކްސްޕޯޓް ކުރި މިންވަރު އިތުރު

ރިޟްވާން މޫސާ - 05 މޭ 2026 - 08:08
މިދިޔަ އަހަރު ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު %92 އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޕޯޓުން ދައްކައިފިއެވެ. މިދިޔަ އަހަރު ކުންފުނިތަކުން މަސް ގަތް މިންވަރުވެސް ވަނީ އިތުރުވެފައެވެ.
ދަޅުގައި ބަންދުކޮށްގެން ނުވަތަ ޕައުޗްގައި ބަންދުކޮށްގެން މަސް ބޭރުކުރި މިންވަރު ވަނީ %9 އިތުރުވެފައެވެ. އެއީ 510.8 މެޓްރިކް ޓަނުގެ މަސްކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. ހިއްކި މަސް ބޭރުކުރި މިންވަރު 2025 ވަނަ އަހަރު ވަނީ %32 އިތުރުވެފައެވެ. އެއީ 364.5 މެޓްރިކް ޓަނުގެ މަހެވެ.
ހުސްވި 2025 ވަނަ އަހަރު ރާއްޖެއިން ބޭރުކޮށްފައިވަނީ 36,538 މެޓްރިކް ޓަނުގެ މަހެވެ. މިއީ 2024ވަނަ އަހަރާއި އަޅާބަލާއިރު %92 އިތުރު އަދަދެކެވެ
ގަނޑުކުރި ކަނޑުމަސް ބޭރުކުރި މިންވަރު ވަނީ %158 ނުވަތަ 35,181.5 މެޓްރިކް ޓަނަށް އިތުރުވެފައެވެ. މީގެ އިތުރުން، ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި ބޭރުކުރި މިންވަރު ވަނީ %7 އިތުރުވެފައެވެ. އެއީ 553.7 މެޓްރިކް ޓަނުގެ މަހެވެ.
މަސްވެރިކަން ތަރައްގީ ކުރުމާއި މަސްވެރިންނަށް ހުރި ގޮންޖެހުންތައް ނައްތާ ލުމަށް މި ސަރުކާރުން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށާފަ އެވެ.
އެގޮތުން ރާޢްޖޭގެ އެކި ސަރަހައްދު ތަކުގައި މަސް ކަނދުފަތި އަދި ވަދު ކަނދުފަތި ގާއިމުކުރުމާއި، މަސްވެރިންނަށް ބޭނުންވާ ތެލާއި އައިސް ފަދަ ޒަރޫރީ ތަކެތި އަގު ބޮޑު ނުވާނެހެން ރާއްޖޭގެ ހުރިހައި ސަރަހައްދަކުން ވެސް ލިބުން އެއީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސް ބޭރުކުރާ ކުންފުނިތަކުން މަސް ގަނެފައިވާ މިންވަރަށްވެސް 2025 ވަނަ އަހަރު ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން މަސް ގަތް މިންވަރު ވަނީ %66 އިތުރުވެފައެވެ.
މަސް ގަތް މިންވަރު މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކަނޑުމަސް ގަތް މިންވަރު %80 އިތުރުވެފައިވުންކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ. އެއީ 32000 މެޓްރިކް ޓަނެވެ.
ގުޅުން ހުރި ޙަބަރުތައް

އިހުތިޖާޖުތަކުގައި ދައްކަނީ ދައްކަން ޖެހޭ ވާހަކަ: މައުރޫފް
ގަޑިއިރެއް ކުރިން

ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ވަރަށް ގިނަ ޝަކުވާ ލިބޭ: އާސަންދަ ސީއީއޯ
2 ގަޑިއިރު ކުރިން
ފަސްޓްލޭޑީ، ލަންކާގެ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި
2 ގަޑިއިރު ކުރިން
މިލަންދޫ އެއާޕޯޓައް ބޭނުންވާ ބިން ހިއްކައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)