logo
ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން / ފަސްޓްލޭޑީ ސާޖިދާ މުހައްމަދު

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން / ފަސްޓްލޭޑީ ސާޖިދާ މުހައްމަދު

ޒިންމާދާރު ކަމާއެކު އިންސާފުވެރި ނޫސްވެރިކަމެއް ކުރުމަށް ގޮވާލަން: ސާޖިދާ

profile

ރިޟްވާން މޫސާ - 03 މޭ 2026 - 08:01

ޒިންމާދާރު ކަމާއެކު އިންސާފުވެރި ދެފުއް ފެންނަ ނޫސްވެރިކަމެއް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ސާޖިދާ ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަގުވާމީ ނޫސްވެރިކަމުގެ ދުވަހާއި ގުޅުވައިގެން ނޫސްވެރިން ކުރަމުން ގެންދާ މަސައްކަތްތަކާއެކުގައި ނޫސްވެރިންނާއި މިނިވަން ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުތަކާމެދު ވިސްނާލަންޖެހޭ ދުވަހެއްކަމަށެވެ.

ނުސްވެރިންގެ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވެވި ޕޯސްޓުގައި ސާޖިދާ ވިދާޅުވީ އިންސާފުވެރިކަން އިސްކުރުމުގެ މައްޗަށް ބިނާވެފައިވާ ޒިންމާދާރު ނޫސްވެރިކަމަށް މަގުފަހިވާނެ ފަދަ މާހައުލެއް ގާއިމުކުރުން މުހިއްމުކަމަށެވެ.

ސާޖިދާގެ މެސެޖުގައި ބުނެފައިވަނީ ކޮރޮޕްޝަން ނައްތާލުމާއި، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި އަދި ހާއްސަކޮށް ޑިމޮކްރަސީއެއްގެ އުސޫލުތައް ދެމެހެއްޓުމުގައި މިނިވަން ނޫސްވެރިކަމުގެ މުހިންމުކަން ހަނދާން ކުރަން ޖެހޭކަމަށެވެ.

ނޫސްވެރިކަމުގެ އަސާސީ އުސޫލުތައް ކަމުގައިވާ، ތެދު މައުލޫމާތު ހޯދުމާއި، މައުލޫމާތު ފެތުރުމުގައި ސައްހަކަން ކަށަވަރުކުރުމާއި، އަދި ވަކި އަތަކަށް ނުޖެހި އިންސާފުވެރިކަން އިސްކުރުމުގެ މައްޗަށް ބިނާވެފައިވާ ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިވާނެ ފަދަ މާހައުލެއް ގާއިމުކުރުން މުހިއްމުކަމަށް ވިދާޅުވިއެވެ.

ސާޖިދާ ވަނީ މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ކަންކަމުގެ ހަގީގަތް ހާމަކޮށްދިނުމަށާއި، އަދި ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި ވަރުބަލިކަމެއްނެތި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk