
އަހުލާގީ މިންގަނޑުތަކުން ޙަބަރު ފެތުރުން މުހިންމު: ރައީސް

ރިޟްވާން މޫސާ - 03 މޭ 2026 - 08:00
އަޙްލާގީ މިންގަނޑުގެ ތެރެއިން ޙަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްްޖެ އެވެ
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވާހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަން ކުރުމަށް އޮތް މާހަލު ތަނަވަސްކޮށްދިނުމުގެ ސަރުކާރުން މަސައްކަތް ކުރަމުންއަންނަކަމަށެވެ. އެގޮތުން މީޑިއާތަކަށް އިންވެސްޓްކޮށް މައުލޫމާތު ހޯދުމުގައި ހުރި ގޮންޖެހުންތައް ނައްތާލައި، މިނިވަން އާންމު ބަހުސްތަކަށް ސަރުކާރުން ޖާގަދޭ ކަމަށެވެ.
މިއީ ރައްޔިތުންގެ އިތުބާރު ހޯދުމަށާއި، ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއެކު، ހާމަކަން ބޮޑުކުރުމާއި ޖާވަބުދާރީ ކުރަނިވި މާހައުލެއް ޤާއިމްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ނޫސްވެރިކަމުގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރާއި ހިއްވަރަށް ތައުރީފްކުރައްވާފައެވެ. އަދި އާންމު މަސްލަހަތު ހިމާޔަތްކުރުމުގައި މީޑިއާ އަދާކުރާ ދައުރު އެކަމަނިކުފާނު ފާހަކުރެއްވިއެވެ.
އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލެއްވީ ނޫސްވެރިން ވަކި ފަރާތަކަށް ނުޖެހި، އަޚްލާޤީ މިންގަނޑުގެ ތެރެއިން ޒިންމާދާރުކަމާއެކު ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފުމަށް ގޮވާލައްވަމުންނެވެ. އަދި ރައްޔިތުންނަށް ސައްޙަ ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިހުތިޖާޖުތަކުގައި ދައްކަނީ ދައްކަން ޖެހޭ ވާހަކަ: މައުރޫފް
18 މިނިޓު ކުރިން

ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ވަރަށް ގިނަ ޝަކުވާ ލިބޭ: އާސަންދަ ސީއީއޯ
ގަޑިއިރެއް ކުރިން
ފަސްޓްލޭޑީ، ލަންކާގެ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި
ގަޑިއިރެއް ކުރިން
މިލަންދޫ އެއާޕޯޓައް ބޭނުންވާ ބިން ހިއްކައިފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)