logo

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ އިޙްސާސްތައް ދެނެގަތުން: ނާޝިދު

profile

ރިޟްވާން މޫސާ - 02 މޭ 2026 - 08:42

މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ އިހުސާސްތައް ދަނެގަނެ، ގައުމުގެ ކަންކަން އިސްލާހުކުރުން ކަމަށާއި، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުން ކަމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ނާޝިދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ނޫސްވެރިންނާއި ބެހޭގޮތުން އެކިއެކި މީޑިޔާ ތަކުގައި ދައްކަމުން އަންނަ ވާހަކަ އާއި ގުޅޭގޮތުން އެމަނކުފާނުގެ އެކްސް އެކައުންޓުގައި އެމަނިކުފާނުގެ ޝުއޫރު ފާޅުކުރެއްވުމަށްފަހު ދެން ކުރެއްވެވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ އިހުސާސްތައް ދަނެގަނެ، ގައުމުގެ ކަންކަން އިސްލާހުކުރުން ކަމަށާއި، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުން ކަމަށެވެ.

ނާޝިދު ވިދާޅުވީ މި ސަރުކާރު އަބަދުވެސް ކުރިޔަށް ގެންދާނީ ސީދާ ރައްޔިތުންގެ ވިންދާ އެއްގޮތައް ކަމަށާއި، ރައްޔިތުންގެ އަޑު އަހާނެ ސަރުކާރެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އެދޭ ފަދަ އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަބަދުވެސް އެންމެ އިސްކުރައްވާނީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތު ކަން ފާހަގަކުރައްވަމުން ނާޝިދު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި، އިސްލާމީ ވަހުދަތާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރައްވާ މަސައްކަތްޕުޅުގައި އެމަނިކުފާނު ހުންނެވީ ސާބިތުކަމާއެކުގައި ކަމަށޭވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk