
ށ މިލަންދޫ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

މުޙައްމަދު ފަޟްލޫން - 02 މޭ 2026 - 08:10
ށ މިލަންދޫ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ.
އެމްއޭސީޢެލް އިން ބުނީ މިލަންދޫ ބިން ހިއްކުމުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 25.90 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން އެއަރޕޯޓް ތަރައްގީ ކުރުމާއި ރަށުގައި މިހާރު ބޭނުންކުރަމުންދާ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކޮށް އައު ބަނދަރު ތަރައްގީ ކުރުން ހިމެނެއެވެ.
އެއަރޕޯޓް އެޅުމަށް ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުން ހިފޭނެ ގޮތަށް ބަލައިގެން މަޝްރޫއު ވަނީ ޑިޒައިންކޮށްފައެވެ.
މީގެ އިތުރުން ވަގުތީ ބަނދަރުގެ ގޮތުގައި ބޭނުންކުރާނެ ޖާގަވެސް ވަނީ ރަށުގެ އެހެން ސަރަހައްދަކުން ހަމަޖައްސާފައެވެ.
މިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެމްއޭސީއެލް އިން ނެވެ.
އެމްއޭސީއެލް އިން މި މަޝްރޫއު ކުރިއަށް ގެންދަނީ ބިން ހިއްކުމުގެ މަޝްރޫއުތައް ކާމިޔާބު ކަމާއެކު ހިންގާފައިވާ ބޮސްކާލިސް ކުންފުނީގެ ގަޑިއިރަކު 35،000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ ކުއީން އޮފް ދަ ނެދަރލޭންޑްސް ޑްރެޖަރު ބޭނުންކޮށްގެންނެވެ.
ސަރުކާރުގެ އަމާޒަކީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ތާރީހުން ފެށިގެން 8 މަސް ތެރޭގައި މިލަންދޫގެ ބިން ހިއްކާ ނިންމާލުމެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ އިޙްސާސްތައް ދެނެގަތުން: ނާޝިދު
2 ގަޑިއިރު ކުރިން

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ކަމާއި ހަވާލުވާން ރައީސް ނަޝީދު ތައްޔާރުވެއްޖެ
2 ގަޑިއިރު ކުރިން

ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަނުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)