logo
އެމެރިކާގެ އަސްކަރީ މަނަވަރެއް.

އެމެރިކާގެ އަސްކަރީ މަނަވަރެއް.

އީރާނުގެ ވަރުގަދަ އިންޒާރެއް އެމެރިކާ އަށް!

profile

ރިޟްވާން މޫސާ - 01 މޭ 2026 - 14:17

މެދުއިރުމަތީގެ ހަނގުރާމައިގައި ސުލްހައިގެ މަޝްވަރާތަކަށް ފަހު ހަނގުރާމަ މެދުކެނޑިފައި ވަނިކޮށް އަލުން އީރާނަށް އެމެރިކާއިން ހަމަލާ ދީފިނަމަ ދިގުދެމިގެންދާ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އީރާނުން އެމެރިކާ އަށް ދީފި އެވެ.

https://wamco.com.mv/

މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާއި ދެކޮޅަށް އެމެރިކާ އާއި ޔަހޫދީ އިޒްރެއިލުން ދޭން ފެށި ހަނގުރާމަ މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓިފަ އެވެ.

އިސްވެ އީރާނަށް ހަމަލާ ދޭން ފެށީ ވެސް އެމެރިކާ އާއި އިޒްރެއިލުންނެވެ. ނަމަވެސް އީރާނުން ވަނީ އެގައުމުގެ ހަމަލާތައް ވަރުގަދަ ކޮށް ހަނގުރާމަ އިގައި ޔަހޫދީންނާއި، އެމެރިކާ ބަލިކޮށްފަ އެވެ.

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދެ މަސްދުވަހަށް ދެމިގެން ގޮސްފައިވާއިރު، ތެލާއި ގޭހުގެ %20 އުފުލާ ހުރްމުޒް ކަނޑުއޮޅި އޮތީ ބަންދުކޮށްފައެވެ.

މީގެ ސަބަބުން ތެލުގެ އަގު 126 އެމެރިކާ ޑޮލަރަށް އުފުލި، ބައިނަލްއަޤުވާމީ އިޤުތިޞާދީ ހީނަރުކަމެއްގެ ބިރު ބޮޑުވެފައިވާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ނިމުމުން ތެލުގެ އަގު ވެއްޓިގެންދާނެ ކަމުގައި ވިދާޅުވެފައެވެ.

އެޕްރީލު 8 އިން ފެށިގެން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލާފައި އޮތް ނަމަވެސް، އީރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމަށް އެމެރިކާއިން އަޅާފައިވާ ޙިޞާރުގެ ރައްދުގައި އީރާނުން ދަނީ ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސް އަޅަމުންނެވެ.

މި ދަނޑިވަޅުގައި، އީރާނަށް މަޖުބޫރުކުރުވުމަށް ދޭނެ އައު ޙަމަލާތަކަކާ ގުޅޭ ރޭވުމެއް އެޕްރީލު 30 ގައި ޓްރަމްޕަށް ހުށަހެޅުމަށް ހަމަޖެހިފައި އޮތް ކަމުގައި އެމެރިކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ދެ ފަރާތުގެ ދެެމެދުގައި ސުލްޙައިގެ މަޝްވަރާތައް ފަށާފައިވީ ނަމަވެސް، އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ، ވާހަކަތަކުން އަވަސް ނަތީޖާއެއް ފެނުމަކީ ޙަޤީޤަތާ ދުރު ކަމެއް ކަމުގައެވެ. އަދި އީރާނުގެ ވެރިރަށުން އެޕްރީލު 30 ގައި ވައިގެ ދިފާޢީ ނިޒާމު ބޭނުންކުރާ އަޑުތައް އިވިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން މިހާރު ދަނީ ބާރުގެ ބޭނުންކޮށްގެން ކަނޑުއޮޅި ހުޅުވުމަށް ވިލާތުގެ ޤައުމުތަކާއެކު 'މެރިޓައިމް ފްރީޑަމް ކޮންސްޓްރަކްޓް' ގެ ނަމުގައި އައު އިއްތިޙާދެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ޤާނޫނުގައިވާ ގޮތުގެ މަތިން މޭ 1 ވަނަ ދުވަހުގެ ނިޔަލަށް ހަނގުރާމަ ހުއްޓައިނުލައިފި ނަމަ، ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅައިގެން ހަނގުރާމައިގެ މުއްދަތު އިތުރުކުރުމުގެ ހުއްދަ ޓްރަމްޕަށް ހޯއްދަވަން ޖެހިވަޑައިގަންވާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk