
ރާއްޖެއިން ވާދަކުރާނީ މިދިޔަ މުބާރާތުން ހޯދި ރަން ވަނަ ދިފާއުކުރުމަށް: މާސްޓަރސް އެތުލެޓިކްސް ކުލަބް

އާމިނަތު ޝަޒްލާ - 20 މޭ 2026 - 05:40
ރާއްޖެއިން މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި މިދިޔަ މުބާރާތުން ހޯދި ރަން ވަނަ ދިފާއުކުރުމަށް ކަމަށް، މާސްޓަރސް އެތުލެޓިކްސް މޯލްޑިވްސް އިން ބުނެފިއެވެ. މި މުބާރާތް ކުރިޔަށްދާނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ލަންކާގެ ކޮލަމްބޯގެ ސުގަތަދާސާ ސްޓޭޑިއަމްގައެވެ.
މާސްޓަރސް އެތުލެޓިކްސް މޯލްޑިވްސްގެ ނައިބު ރައީސް، މުޙައްމަދު ޢާމިރު ވިދާޅުވީ ލަންކާގައި އޮންނަ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ރާއްޖެއިން ބައިވެރިވާން ނިންމާފައިވާ މުބާރާތެއް ކަމަށާއި، މިއަހަރުގެ މުބާރާތާ ކުރިމަތިލަނީ، މިދިޔަ އަހަރު މުބާރާތުގެ "ބެސްޓް ޓީމު" ރާއްޖެއަށް ލިބިފައިވާތީ އެތަށި ދިފާއުކުރުމަށް ކަމަށެވެ.
މި މުބާރާތުގައި ރާއްޖެއިން ފަސް އުމުރުފުރާއެއްގެ އިވެންޓުތަކުގައި ވާދަކުރާނެއެވެ. އެއީ: 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 55 އަހަރުން މަތި އަދި 65 އަހަރުން މަތީގެ އުމުރުފުރާއެވެ.
ޢާމިރު ވިދާޅުވީ، އެންމެ ފަހުން ރާއްޖޭގައި ބޭއްވި މާސްޓަރސް އެތުލެޓިކްސް މުބާރާތުގައި އެތުލީޓުން ދައްކާފައިވާ ޕަފޯމަންސް އާއި މިދިޔަ އަހަރު ލަންކާ މުބާރާތުގެ ޕަފޯމަންސް އަޅާ ބަލާއިރު، މިއަހަރުވެސް ރާއްޖެއަށް ގިނަ ރަން މެޑަލްތަކެއް ލިބޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސްރީލަންކާގެ ޖަލެއްގައި ހިނގި މާރާމާރީއެއްގައި ދެމީހަކު މަރާލައިފި
5 ގަޑިއިރު ކުރިން

އެއަރޕޯޓް މުވައްޒަފުންނަށް އިންޒާރުދިންކަމަށް ބުނާ ވާހަކަތައް އެމްއޭސީއެލް އިން ދޮގުކޮށްފި
5 ގަޑިއިރު ކުރިން

ބިންހެލުމާ ގުޅޭގޮތުން ފަތުރަނީ ދޮގު މެސެޖެއް: މެޓް އޮފީސް
5 ގަޑިއިރު ކުރިން

ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް އެންސްޕާގެ ހާއްސަ ނަމްބަރެއް ތައާރަފްކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)