
މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ރިޟްވާން މޫސާ - 16 ޖުލައި 2026 - 17:52
ހުކުރު ދުވަހު ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތަކަށް، ކޮންމެހެން ވެސް ކަރަންޓު ކަނޑާލަން ޖެހޭ ކަމަށެވެ.
އެހެންކަމުން، ހުކުރު ދުވަހު ހެނދުނު 6 އާއި 7 އާ ދެމެދުގެ ވަގުތެއްގައި މާލޭގެ ބައެއް ސަރަޙައްދުތަކާއި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ބައެއް ސަރަހައްދުތަކުން ވެސް ކަރަންޓު ކަނޑާލާނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.
މިފަހަކަށް އައިސް ދޭތެރެ ދޭތެރެއިން މާލެ އާއި ހުޅުމާލެއިން އާންމުކޮށް ކަރަންޓު ކެނޑޭ މައްސަލަ ވަނީ ބޮޑު ވެފަ އެވެ. މިކަމާ ގުޅިގެން ގިނަ ރައްޔިތުން އަންނަނީ މީސްމީޑިޔާގައި ސަރުކާރަށާއި ސްޓެލްކޯއަށް ފާޑުވިދާޅުވެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ސައުދީ-އިރާގުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން މަޝްވަރާކުރައްވައިފި
11 ގަޑިއިރު ކުރިން

އުވާލަން ނިންމާފައިވާ ފެނަކައިގެ ހިންގުން އަޒުވަރަށް!
11 ގަޑިއިރު ކުރިން

ގައުމިއްޔަތު ވިއްކައިގެން ވެރިކަމަށް ވަޑައިގެން ގައުމު ވިއްކައެއް ނުލެވޭނެ: ރައީސް ނަޝީދު
15 ގަޑިއިރު ކުރިން

ދިވެހީން އަނދަވަޅަކަށް ވައްޓާލައިފި، ވިޔަފާރިވެރިންނަށް ތާށިވެއްޖެ: ރައީސް ނަޝީދު
17 ގަޑިއިރު ކުރިން


