.jpeg&w=3840&q=75)
ޖޫން މަހު އައި ފަތުރުވެރިންގެ އަދަދު 12 ޕަސެންޓް ދަށް!

އާމިނަތު ޝަޒްލާ - 07 ޖުލައި 2026 - 11:13
Share
މި ހުސްވި ޖޫންމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިިދިޔަ އަހަރާ އަޅާބަލާއިރު 12 ޕަސެންޓް ދަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ މަހު ރާއްޖެ އައީ 125،000 ފަތުރުވެރިންނެވެ. އޭގެ ކުރީ އަހަރުގެ ޖޫން މަހު 143،000 ފަތުރުވެރިން ވަނީ އައިސްފައެވެ.
މި ހިނގާ 2026 ވަނަ އަހަރު މިހާތަނަށް އެއް މިލިއަން ފަތުރުވެރިން ރާއްޖެ އައި އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 1.1 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ ގާތްގަނޑަކަށް ފަސް ޕަސެންޓް ދަށް އަދަދެކެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ހެދި މިދިޔަ މާޗް މަހާއި އޭޕްރީލް މަހު ވެސްފަތުރުވެރިން އައި އަދަދު ވަނީ 20-24 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށަށް ގޮސްފައެވެ. މެއި މަހު އައި ފަތުރުވެރިން ދެ ޕަސެންޓަށް އިތުރުވި ނަމަވެސް ޖޫން މަހު ވެސް ރާއްޖެއަށް އައި ފަތުރުވެރިން މަދެވެ.
މެެއި މަހަކީ އާންމުކޮށް ވެސް ޔޫރަޕްގެ މަންޒިލްތަކުން ފަތުރުވެރިން އަންނަ ވަރު މަދުވާ މަހަކަށްވާއިރު، އެ މަހު މިދިޔަ އަހަރުތަކުގައި ވެސް ގިނަ ފަތުރުވެރިން އައިސްފައިވަނީ އޭޝިއާގެ ސަރަހައްދުންނެވެ.
މިއަހަރު އެވްރެޖްކޮށް ދުވާލަކު 5،900 ފަތުރުވެރިން އަންނަ އިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 300 ފަތުރުވެރިން މަދު އަދަދެކެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ނޯތު ހާބަރގެ "އޭ ޒޯން"ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފި
3 ގަޑިއިރު ކުރިން

ސިވިލް ކޯޓުގެ ގާޒީކަމަށް ހުޅުވާލި ފުރުސަތުގަ 42 މީހަކު ކުރިމަތިލައިފި
5 ގަޑިއިރު ކުރިން

ޗައިނާގައި ފެން ބޮޑުވެ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
5 ގަޑިއިރު ކުރިން

ކަނޑު މަގުން ކުނި އުފުލުމަށް ހާއްސަ ކޮޅުވެއްޓިއެއް ރާއްޖެ ގެންނަނީ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)