
އައިލެންޑް އޭވިއޭޝަނަށް ދެވަނަ ވައިޑް ބޮޑީ އެއަރކްރާފްޓް މިއަހަރު ފަހުކޮޅު ރާއްޖެ ގެންނަނީ

މުޙައްމަދު ފަޟްލޫން - 28 މޭ 2026 - 07:40
މޯލްޑިވިއަންގެ ފްލީޓަށް ދެވަނަ ވައިޑް ބޮޑީ އެއަރކްރާފްޓް މިއަހަރުގެ ފަހުކޮޅު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ހާމަކުރައްވައިފިއެވެ.
މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާކޮށް، ބައިނަލްއަގްވާމީ އާ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވި ގޮތުގައި ، މިދިޔަ ޖަނަވަރީ މަހު ފުރަތަމަ ވައިޑް ބޮޑީ ބޯޓު ރާއްޖެ ގެނައުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި ފަދައިން، ދެވަނަ ބޯޓެއް ހޯދުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ބޯޓުތައް ހޯދުމުގައި ހުރި ދަތިތަކާ ގުޅިގެން ބައެއް ގޮންޖެހުންތައް ކުރިމަތިވަމުންދާކަން އޭނާ ވިދާޅުވިއެވެ.
އިޔާސް އިތުރަށް ވިދާޅުވީ، އެއަރބަސް ކުންފުންޏާއެކު ކުރެވެމުންދާ މަޝްވަރާތަކުގެ އަލީގައި، މިއަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ދެވަނަ ބޯޓު ރާއްޖެއަށް ގެނެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.
މި ބޯޓާއެކު މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެ، ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމުގެ މަގު ފަހިވެގެންދާނެއެވެ.
މޯލްޑިވިއަންގެ 264 މީހުންގެ ޖާގައިގެ ވައިޑް ބޮޑީ މަތިންދާބޯޓު ބޭނުންކޮށްގެން، ދުނިޔޭގެ އެކި މަންޒިލްތަކަށް ޝެޑިއުލްޑް އަދި ޗާޓަރު ދަތުރުތައް އަންނަނީ ފުޅާދާއިރާއެއްގައި ކުރަމުންނެވެ.
މިގޮތުން، ހައްޖާއި އުމްރާގެ މަތިވެރި އަޅުކަމަށް މައްކާއަށް ކުރާ ދަތުރުތަކާއި، ޗައިނާގެ މުހިންމު ސިޓީތަކުގެ އިތުރުން، އިންޑިއާ އަދި ބަންގްލަދޭޝްއަށް ކުރާ ދަތުރުތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ދާދިފަހުން އޮސްޓްރޭލިއާއަށް ފެށި ސީދާ ދަތުރުތަކާއެކު އެއާލައިންގެ ބައިނަލްއަގްވާމީ އޮޕަރޭޝަންތައް ވަނީ އިތުރަށް ހަރުދަނާވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާމެންދޫ ފިޓްނަސް ސެންޓަރުގެ ބޮޑުބައި ނިމިއްޖެ
17 ގަޑިއިރު ކުރިން

ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި
17 ގަޑިއިރު ކުރިން

ގްލޯބަލް ދުކާން އަށް ދިވެހި ރުފިޔާ ބަލައިގަންނަން ފަަށައިފި
17 ގަޑިއިރު ކުރިން

މިހާތަނަށް ސައުދީ އިން ވަނީ ރާއްޖެއަށް 488 މިލިއަން ޑޮލަރުގެ އެހީފޯރުކޮށްދީފައި: ސައުދީ ސަފީރު
17 ގަޑިއިރު ކުރިން


