
ދިވެހި ހުރިހާ ހައްޖުވެރިން މިނާއަށް ދަތުރުކޮށްފި

މުޙައްމަދު ފަޟްލޫން - 25 މޭ 2026 - 05:22
ދިވެހި ހުރިހާ ޙައްޖުވެރިން މިނާއަށް ދަތުރުކޮށް ނިންމައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރޭގެ ވަގުތެއްގައި ފެށި މި ދަތުރުގައި ބައިވެރިވި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ މިނާގައެވެ.
އަދި މިރޭގެ ވަގުތެއްގައި ހައްޖުވެރިން ޢަރަފާތަށް ދިއުމަށްޓަކައި ދަތުރު ފަށާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
ހައްޖު މިޝަންގެ އިސްވެރިޔާ، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިތާއު އައްބާސް ވިދާޅުވި ގޮތުގައި، ހުރިހާ ހައްޖުވެރިން މިނާއަށް ފޯރައި މިހާރު ވަނީ ޙައްޖުގެ މަތިވެރި އަޅުކަން ފަށާފައެވެ.
ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް އާންމުގޮތެއްގައި ރަނގަޅުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހި ޙައްޖުވެރިންނަށް މިހާތަނަށް ދިވެހި ތާރީހުގައިވެސް ފޯރުކޮށްދެވިފައި ނުވާފަދަ ފެންވަރު ރަނގަޅު ޚިދުމަތްތަކާއި އެހީތެރިކަން ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދެމުންދެއެވެ.
މިއަހަރުގެ ޙައްޖު ދުވަހަކީ މެއި މަހުގެ 26 ވާ އަންގާރަ ދުވަހެވެ.
ގުޅުން ހުރި ޙަބަރުތައް

އީދު ބަންދުގައި މަސް ނުގަންނާނެ: މިފްކޯ
6 ގަޑިއިރު ކުރިން

މިއަހަރުގެ އަޟްހާ އީދުގައި އެމްއޭސީއެލް އިން ކުލަގަދަ ހަރަކާތްތަކެއް ހުށަހަޅައިދެނީ
6 ގަޑިއިރު ކުރިން

ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ
6 ގަޑިއިރު ކުރިން

މީރާ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ހޯދައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)