
އެޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއް އެތެރެކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުން ރުހުން ދީފި

އާމިނަތު ޝަޒްލާ - 11 މޭ 2026 - 05:50
އެޑީއެޗްޑީ ނުވަތަ އެޓެންޝަން-ޑެފިސިޓް، ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއްކަމަށްވާ މެތަލްފެނެޑޭޓް، ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މަޖިލީހުން މިގޮތަށް ރުހުން ދީފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1އަށް އިސްލާހު ގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށްފަހުއެވެ.
މި މައްސަލަ ދިރާސާކޮށްފައިވަނީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީންނެވެ. މި ބޭސް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދެއްވާފައިވާ ލަފަޔާމެދު ވަޒީރުންގެ މަޖިލީހުގައިވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ ތެރޭގައި ހިމެނޭ މިބޭސް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ހިމެނޭ މަނާތަކެތީގެ ލިސްޓުން އުނިކުރުމަށްޓަކައި ޤާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފެނިވަޑައިގަންނަވާކަމަށް ވަޒީރުންގެ މަޖިލީހުންވަނީ ނިންމަވާފައެވެ.
މެތަލްފެނެޑޭޓަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހެކެވެ.
ގުޅުން ހުރި ޙަބަރުތައް

އަންހެނަކު ވިއްކާލާނެ ކަމަށް، އޭނާގެ ކުރީގެ ފިރިމީހާ ބުނި މައްސަލައެއް ފުލުހުން ބަލަނީ
15 ގަޑިއިރު ކުރިން

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
16 ގަޑިއިރު ކުރިން

އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީ ގެނެސްދިނީ އެމްޑީޕީ އިން: ރައީސް ނަޝީދު
19 ގަޑިއިރު ކުރިން

މިނިސްޓަރ ޢަލީ ޝަރީފު، ޔޫއެންއީޕީގެ އެގްޒެކެޓިވް ޑައިރެކްޓަރާ ބައްދަލުކުރައްވައިފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)