logo

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ބްރޯޑްކޮމުން މީޑިއާތަކަށް އަންގައިފި

profile

އާމިނަތު ޝަޒްލާ - 11 މޭ 2026 - 11:27

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް މީޑިއާތަކުން ނުދެއްކުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އިން މީޑިއާތަކަށް އަންގައިފިއެވެ.

https://wamco.com.mv/

ކްރިމިނަލް ކޯޓުން ކުރި އަމުރާ އެއްގޮތަށް އަމަލުކުރުމަށް މީޑިއާ ކައުންސިލުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފައިވާއިރު، މި މައްސަލައިގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އެ ވީޑިއޯ ދައުރުކުރުމާއި، ޝިކާރައަކަށްވީ މީހާގެ ވާހަކަ ދެއްކުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި މީގެ އިތުރުން، މި މައްސަލައާއި ގުޅިގެން ސިޔާސީ ޕާޓީތަކުން ވެސް އެފަދަ ވާހަކަތައް ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައެވެ.

އާދިއްތަ ދުވަހުގެ ރޭ އެ ކޮމިޝަނުން މީޑިއާތަކަށް ބުނެފައި ވަނީ މީޑިއާތަކުން ކޮންޓެންޓް އާންމުކުރުމުގައި ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރަން މީޑިއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އަންގާ ކަމަށެވެ.

މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީއަތަށް ހުށަހެޅިފައި މިވާ ޑޮކިއުމަންޓަރީ އާ ގުޅުވައި ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk