
އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ބޭރުގެ ދެ މަންދޫބަކު ރާއްޖެވަޑައިގެންފި

އާމިނަތު ޝަޒްލާ - 11 މޭ 2026 - 11:03
އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ބޭރުގެ އިސް ދެ މަންދޫބަކު ރާއްޖެވަޑައިގެންފިއެވެ.
މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ރާއްޖެއަށް ވަޑައިގަތީ އިންޑިއާގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ "ޕްރަސާރު ބާރަތީ"ގެ ސީއީއޯ ގޯރަވް ދިވެދީ އާއި "ދަ ބޭ އޮފް ބޭންގާލް އިނިޝިއޭޓިވް ފޯރ މަލްޓި-ސެކްޓޯރަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯރޕަރޭޝަން"، ބިމްސްޓެކްގެ ސެކްރެޓަރީ ޖެނެރަލް އިންދްރާ މަނީ ޕާންޑޭއެވެ.
އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 11 އިން 14 ވިލާ ނޯޓިކާ ރިސޯޓުގައެވެ. މިއަހަރުގެ ސަމިޓުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް"އެވެ.
މިއަހަރުގެ ސަމިޓުގައި ބައިވެރިވާ ޤައުމުތަކުގެ މަންދޫބުން މިހާރު ރާއްޖެ އަންނަން ފަށާފައިވާއިރު، މި ސަމިޓުގައި ސަރަޙައްދީ ޤައުމުތަކުގެ 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ބްރޯޑްކޮމުން މީޑިއާތަކަށް އަންގައިފި
ގަޑިއިރެއް ކުރިން

ކޯޓު ޢަމުރާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ ރައީސް އަންގަވައިގެން އަދަދުގެ ނޫސްވެރިޔާ ރައީސް އޮފީހުން ނެރެފި
3 ގަޑިއިރު ކުރިން

ޤާނޫނާ ޚިލާފުވެފައިވާތީ ޕީއެންއެފް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ
6 ގަޑިއިރު ކުރިން

ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)