
ކޯޓު ޢަމުރާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ ރައީސް އަންގަވައިގެން އަދަދުގެ ނޫސްވެރިޔާ ރައީސް އޮފީހުން ނެރެފި

އާމިނަތު ޝަޒްލާ - 11 މޭ 2026 - 09:52
އަދަދު ނޫހުގެ ނޫސްވެރިޔެއް ކަމަށްވާ މުޙައްމަދު ޝަހްޒާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުން ނެރެފިއެވެ.
ޝަހްޒާން ރައީސް އޮފީހުން ނެރެފައިވަނީ ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ކުރި ސުވާލެއްގައި ކްރިމިނަލް ކޯޓުގެ ގޭގް އޯޑަރާ ޚިލާފުވެފައިވާކަމަށް ވިދާޅުވެ ރައީސް އަންގަވައިގެންނެވެ.
ޝަހްޒާން ސުވާލުކޮށްފައިވަނީ "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅުވައިގެންނެވެ.
އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ވާގޮތުން އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް އަމުރުކޮށްފައިވާއިރު، އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
މި އަމުރު ނެރުއްވީ ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރެވެ.
މި މައްސަލައިގައި "އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، ފުލުހަށް ހާޒިރުކުރުމުން އެ ބޭފުޅުން ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކުރައްވާފައެވެ.
ޝަހުޒާން ކުރި ސުވާލާ ގުޅިގެން ރައީސް ވަނީ ރައީސް އޮފީހުގައި "ރޫލް އޮފް ލޯ" ހިފެހެއްޓޭނެ ކަމަށް ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ބްރޯޑްކޮމުން މީޑިއާތަކަށް އަންގައިފި
23 މިނިޓު ކުރިން

އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ބޭރުގެ ދެ މަންދޫބަކު ރާއްޖެވަޑައިގެންފި
ގަޑިއިރެއް ކުރިން

ޤާނޫނާ ޚިލާފުވެފައިވާތީ ޕީއެންއެފް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ
5 ގަޑިއިރު ކުރިން

ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)