
ޤާނޫނާ ޚިލާފުވެފައިވާތީ ޕީއެންއެފް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ

އާމިނަތު ޝަޒްލާ - 11 މޭ 2026 - 06:28
ޤާނޫނާ ޚިލާފުވެފައިވާތީ ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީއެއްގައި ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށާއި، އަދި ސިޔާސީ ޕާޓީގެ ޤާނޫނުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ނުބޭއްވުމަށާއި އެފަދަ ބައްދަލުވެއް ބާއްވާނަމަ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން އާންމު ބައްދަލުވުން ބާއްވާ ތަނާއި ވަގުތާއި ބައްދަލުވުމުގެ ބާވަތް އެބައްދަލުވުމެއް ބޭއްވުމުގެ 24 ގަޑިއިރުކުރިން އީސީ އަށް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި މިހާރު ޕީއެންއެފުން ސިލްސިލާކޮށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި އެ ޤާނޫނުތަކާއި ގަވާއިދުތަކާއި ތަކުރާރުކޮށް ޚިލާފުވެފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މިކަމުގައި ނަސޭހަތްތެރިވެ، ކޮމިޝަނާ ބައްދަލުކުރުމުގެ ދައުވަތު ފޮނުވި ނަމަވެސް ސިޓީގެ ޖަވާބެއް ދީފައިވާ ނުވާ ކަމަށާއި ކޮމިޝަނާ ބައްދަލުކުރުމަށް އިންކާރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އަދި ޕީއެންއެފާއި އެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ޤާނޫނާ ޚިލާފު އަމަލުތައް ނުހިންގުމަށް ވެސް ވަނީ އީސީ އިން އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަންހެނަކު ވިއްކާލާނެ ކަމަށް، އޭނާގެ ކުރީގެ ފިރިމީހާ ބުނި މައްސަލައެއް ފުލުހުން ބަލަނީ
15 ގަޑިއިރު ކުރިން

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
16 ގަޑިއިރު ކުރިން

އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީ ގެނެސްދިނީ އެމްޑީޕީ އިން: ރައީސް ނަޝީދު
18 ގަޑިއިރު ކުރިން

މިނިސްޓަރ ޢަލީ ޝަރީފު، ޔޫއެންއީޕީގެ އެގްޒެކެޓިވް ޑައިރެކްޓަރާ ބައްދަލުކުރައްވައިފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)