logo
ރީގެ އިކޮނޮމިކް މިނިސްޓަރ އަދި ކުރީގެ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް  އިސްމާއިލް

ރީގެ އިކޮނޮމިކް މިނިސްޓަރ އަދި ކުރީގެ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ހިތަށްވީތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ މޮޅެއް ނެތް: ފައްޔާޒް

profile

މުޙައްމަދު ފަޟްލޫން - 07 މޭ 2026 - 08:53

ހިތަށްވީތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ މޮޅެއް ނެތް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ކުރީގެ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ މާޒީގައި ކަން ހިނގައިދިޔަ ގޮތުގެ ސަބަބުން ހިތަށް ވީތަދުގެ ރިހުން އަދިވެސް އެބަހުރި ކަމަށެވެ.

ނަމަވެސް، މިހާރު ބޭނުންވަނީ ކުރިޔައްދެވޭނެ ގޮތެއް ކަމަށާ، ކުރިއަށްގޮސް ގައުމު އަނބުރާ ހޯދަން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެކަން ކުރެވެން އޮތީ ބޮޑު ބަދަލު ގެނެސް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ފައްޔާޒް ތާއީދު ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ.

ޗެއަރޕާސަން އިންތިހާބުގައިރައީސް ނަޝީދާ އެކު ވާދަކުރަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ކެމްޕޭން ފޯރީގައި ކުރިއަށްދާއިރު އިންތިހާބު އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk