
ފީއަލި ފަޅުގައި އޮތް ދޯންޏެއްގައި ރޯވެ ފިހުނު މީހާ މަރުވުން
ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ

މުޙައްމަދު ފަޟްލޫން - 07 މޭ 2026 - 06:27
ފ. ފީއަލީ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި މިދިޔަ މަހުގެ 9 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަނިޔާވި ބިދޭސީ މީހާ، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެ ތެޔޮ ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 40 އަހަރުގެ ޑެލޯވާ އެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 4 ވަނަ ދުވަހުއެވެ.
ފ. ނިލަންދޫ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އޭނާ މާލެ ފޮނުވާލިއިރު، ހަށިގަނޑުގެ 60 އިންސައްތަ އޮތީ އަލިފާނުގެ ސަބަބުން ފިހިފައެވެ.
ނިޔާވި މީހާގެ ހަށިގަނޑު އިއްޔެގެ ވަގުތެއްގައި ވަނީ ބަންގްލަދޭޝްއަށް ފޮނުވާލާފައެވެ.
ފީއަލީ ބަނދަރުގައި އޮތް މި ބޯޓުގައި ރޯވިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އެ ދުވަހުގެ ހެނދުނު 9:15 ހާއިރުއެވެ.
ތިން ގަޑިއިރަށްވުރެ ގިނައިރު ވަންދެން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު، މި ހާދިސާގައި ތެޔޮ އުފުލާ ބޯޓުގެ އިތުރުން ފާނަ މަސްވެރިކަން ކުރާ ދެ ދޯންޏަކާއި، ރަށުގެ އައިސްޕްލާންޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

233 އާރުޓީއައި އަށް ރައީސް އޮފީހުން ޖަވާބުދީފި: ތަރުޖަމާނު
20 މިނިޓު ކުރިން

ހިތަށްވީތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ މޮޅެއް ނެތް: ފައްޔާޒް
21 މިނިޓު ކުރިން

ޑީޖޭއޭގެ އިސް ދެމުވައްޒަފަކު ސަސްޕެންޑް ކޮށްފި
22 މިނިޓު ކުރިން

އައްޑޫސިޓީގެ ވިޔަފާރިވެރިންނަށް ހާއްސަ ބިޒަނަސް ފޯރަމެއް މި މަހުގެ ތެރޭގައި ބާއްވަނީ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)