logo
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު / ފޮޓޯ: ރައީސް އޮފީސް

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު / ފޮޓޯ: ރައީސް އޮފީސް

އައްޑޫސިޓީގެ ވިޔަފާރިވެރިންނަށް ހާއްސަ ބިޒަނަސް ފޯރަމެއް މި މަހުގެ ތެރޭގައި ބާއްވަނީ

profile

މުޙައްމަދު ފަޟްލޫން - 07 މޭ 2026 - 06:36

އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބާއްވާ ބިޒްނަސް ފޯރަމެއް މި މަހުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް އިގްތިސާދީ ތަރައްގީ އާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫ ސިޓީގައި މި ފޯރަމް ކުރިއަށްދާނެ ކަމަށެވެ.

މި ފޯރަމަކީ މައިގަނޑު ގޮތެއްގައި އައްޑޫ ސިޓީއާއި ރާއްޖޭގެ ދެކުނުގެ ވިޔަފާރިވެރިންނަށާއި، މާލެ ސަރަހައްދުގައި ވިޔަފާރިކުރާ އައްޑޫގެ ފަރާތްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އައްޑޫގެ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ ފޯރަމް އެއް ކަމަށެވެ.

މި ފޯރަމަކީ ހުރިހާ ދާއިރާއެއްގެ ވިޔަފާރިވެރިންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފޯރަމެކެވެ.

އިގްތިސާދީ ތަރައްގީ އާއި ބެހޭ ވުޒާރާގެ އިތުރުން، ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އާއި މަސްވެރިކަމާއި ބެހޭ ވުޒާރާ އިންވެސް މި ފޯރަމްގައި ބައިވެރިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން ޓެކްނޮލޮޖީ، ލޭބަރ، އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން އިޤްތިޞާދީ އެކި ދާއިރާތަކާ ގުޅޭ މުހިންމު މަޢުލޫމާތުތައް ވިޔަފާރިވެރިންނާ ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk