
ޑީޖޭއޭގެ އިސް ދެމުވައްޒަފަކު ސަސްޕެންޑް ކޮށްފި

މުޙައްމަދު ފަޟްލޫން - 07 މޭ 2026 - 08:52
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބަލަމުންދާ އިދާރީ މައްސަލައަކާ ގުޅިގެން، އެ އިދާރާގެ އިސް ދެ މަގާމެއްގައި ތިއްބެވި ބޭފުޅުން ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
މިގޮތުން ސަސްޕެންޑްކޮށްފައިވަނީ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ ޙުސައިންއާއި، ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީއެވެ.
މި ދެ ބޭފުޅުންވެސް ސަސްޕެންޑްކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
ޒަކަރިއްޔާ ޙުސައިންއަކީ މީގެ ކުރިން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އަދި އަޙްމަދު ޢަލީއަކީ މީގެ ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
މި ދެ ބޭފުޅުން ސަސްޕެންޑްކުރި ސަބަބު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ދާދިފަހުން މަގާމުން އިސްތިއުފާ ދެއްވި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ އާ ގާތް ގުޅުމެއް އޮންނަ ދެ ބޭފުޅުންކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

233 އާރުޓީއައި އަށް ރައީސް އޮފީހުން ޖަވާބުދީފި: ތަރުޖަމާނު
ގަޑިއިރެއް ކުރިން

ހިތަށްވީތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ މޮޅެއް ނެތް: ފައްޔާޒް
ގަޑިއިރެއް ކުރިން

އައްޑޫސިޓީގެ ވިޔަފާރިވެރިންނަށް ހާއްސަ ބިޒަނަސް ފޯރަމެއް މި މަހުގެ ތެރޭގައި ބާއްވަނީ
4 ގަޑިއިރު ކުރިން

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)