.jpg&w=3840&q=75)
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ 2 މީހަކަށް ދައުވާކުރަނީ

އާމިނަތު ޝަޒްލާ - 02 ޖުލައި 2026 - 10:35
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ދެ ރައްޔިތަކަށް ދައުވާކުރުމަށް ނިންމައި، އެ މީހުން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ކްރިސް އެމްބްރޯސިޔާ ނަމަކަށް ކިޔާ އަންހެނަކާއި، 33 އަހަރުގެ އިމްރާން ޕާޝާ ނަމަކަށް ކިޔާ ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، މި ދެ މީހުންގެ މައްޗަށް ކުރެވެނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކޮށް، ޓްރެފިކް ކުރިކަމުގެ ތުހުމަތެވެ. އިއްޔެ މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 45 ދުވަހުގެ މުއްދަތަށް ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ މީހުންނާ ދެކޮޅަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ލިޔެކިޔުންތަކާއި، ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުސް އޮފިސަރުގެ ބަޔާން ހިމެނެއެވެ. މީގެ އިތުރުން، އެއާޕޯޓުގައި އެ މީހުން އުޅުނުއިރު އަމަލުތައް ހުރި ގޮތުން ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ދައުލަތުން ކޯޓުގައި ބުނެފައިވަނީ، މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް މިހާރު ނިންމާފައިވާ ކަމަށާއި، މައްސަލައިގެ ލިޔެކިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަލައިގަނެފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސައިބަރ ރެޒިލިއަންސް ވަރުގަދަކުރުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ: ލަޠީފް
ގަޑިއިރެއް ކުރިން

މިދިޔަ އަހަރު ސްޓެލްކޯއަށް 239 މިލިއަން ރުފިޔާގެ ފައިދާވެއްޖެ
ގަޑިއިރެއް ކުރިން

ތަޖިން ރެސްޓޯރެންޓުން ހެނދުނުގެ ނާސްތާ މިހާރު ލިބޭނެ
ގަޑިއިރެއް ކުރިން

ކްރިޕްޓޯ އާމްދަނީގެ ގޮތުގައި ޓްރަމްޕަށް 1.4 ބިލިޔަން ޑޮލަރު ލިބިއްޖެ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)