logo

ބަންކަރިން ޚިދުމަތުން 730 މިލިޔަން ރުފިޔާގެ ފައިދާއެއް އެސްޓީއޯ އަށް!`

profile

ރިޟްވާން މޫސާ - 25 އޭޕްރީލު 2026 - 09:02

ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ފުރަތަމަ ކުއާޓަރގެ ރިޕޯޓު އެކުންފުނިން އާންމުކޮށްފައިވާއިރު އެންމެ ކާމިޔާބު އެއް ވިޔަފާރި އަކީ ބަންކަރިން ޙިދުމަތް ކަމަށް ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

https://wamco.com.mv/

ބަންކަރިންގެ ޙިދުމަތް ރަސްމީކޮށް ރާއްޖޭގައި ފަށާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް ދައްކާގޮތުން، ފުރަތަމަ ކުއާޓަރގައި 5.49 ބިލިޔަން ރުފިޔާ އާމްދަނީއެއް ލިބިފައިވެއެވެ. އާމްދަނީ އިތުރުވި އެންމެ ބޮޑު ސަބަބަކީ ކުންފުނީގެ ތެލުގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު ތެލުގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމުގެ ސަބަބުން ތެލުގެ ވިޔަފާރިއަށް ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު 27 އިންސައްތަ ކުރިއެރުން ލިބިފައިވެއެވެ.

ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތެލުގެ ވިޔަފާރީގެ ތެރެއިން އެކުންފުނިން މިހާރު ބަންކަރިން ޚިދުމަތް ދެމުންދާއިރު އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ވިޔަފާރިއަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފަ އެވެ.

މި ޚިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަޤްވާމީ ގޮތުން މިޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް، ފެށި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ އާމާޒެކެވެ.

މިވަގުތު ބަންކަރިން ޚިދުމަތް ދެމުންދަނީ އޮފްޝޯރ ކޮށް ކަނޑުމަތީގައެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ މި ޚިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް މިހާރަށް ވުރެ ފުޅާކޮށް މި ޚިދުމަތް ދިނުމެވެ. އެ މަސައްކަތުގެ ތެރެއިން އޮންޝޯ ފެސިލިޓީ ޤާއިމުކޮށް ތެޔޮ ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި އެހެން ޤައުމުތަކުގައި ޚިދުމަތް ދެމުންއަންނަ ފެންވަރަށް ޚިދުމަތް ތަރައްޤީ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk