
ޑރ އަބުދުﷲ ޙަލީލް
އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަ ތަކެއް: އަބުދުﷲ ޙަލީލް

ރިޟްވާން މޫސާ - 25 އޭޕްރީލު 2026 - 09:01
ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި އެމަނިކުފާނު ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވާދަކުރުމަށް ދޭހަވާ ފަދަ ގޮތަކަށް ސޯޝަލް މީޑިޔާގައި ފަތުރަނީ ދޮގު ޙަބަރުތަކެއް ކަމަށް ކުރީގެ ފޮރިންގ މިނިސްޓަރ ޑރ އަބުދުﷲ ޙަލީލް ވިދާޅުވެއްޖެ އެވެ
ސޯޝަލް މީޑިޔާގެ އެކިއެކި ޕްލެޓް ފޯމުތަކުގައި ވަނީ އަބުދުﷲ ޙަލީލް އާއި ބެހޭ ގޮތުން އެމަނިކުފާނު ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ވާދަކުރައްވާނެ ވާހަކަ އިއުލާނު ކުރައްވާފަ އެވެ.
ރިޔާސީ އިންތިޙާބުގައި އަބުދުﷲ ޙަލީލް ވާދަކުރައްވާނެ ކަމަށް ބުނެ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޙަލީލް ރައީސް ކަމަށް އަދި ނައިބް ރައީސް ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ކަމަށެވެ.
މި ޕޯސްޓާއި ގުޅިގެން "އަސްލުޓީވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޙަލީލް ވިދާޅުވީ އެމަނިކުފާނު ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަމަށް ބުނެ ދެކެވެނީ ހަގީގަތާއި ޙިލާފު ދޮގު ވާހަކަ ތަކެއް ކަމަށެވެ.
ޙަލީލް "އަސްލު" އަށް ބުނީ "އެފަދަ ވިސްނުމެއް އެމަނިކުފާނު އަދި ނުގެންގުޅުއްވާ ކަމަށެވެ. އަދި ފޭސްބުކު ޕޯސްޓުގައި ވަނީ އެމަނިކުފާނަށް ނޭނގި ބަޔަކު ކޮށްފައިވާ ހަގީގަތާއި ޙިލާފު ވާހަކައެއް." ކަމަށެވެ.
ރިޔާސީ އިންތިޙާބަށް ތައްޔާރު ވުމަށްޓަކައި ސިޔާސީ ޕާޓީތަކުން މިހާރުވެސް މަސައްކަތްތައް ފަށާފައިވާއިރު ބައެއް ފަރާތްތަކުން ރިޔާސީ އިންތިޙާބުގައި ވާދަކުރައްވާނެ ކަމަށް ވެސް ވަނީ އަޑުތައް ފެތުރިފަ އެވެ. ނަމަވެސް އަދި ރަސްމީކޮށް އެއްވެސް ޕަޓީއަކުން ކެންޑިޑޭޓެއް ނެރެފައެއް ނުވެ އެވެ.
ޑރ. އަބުދުﷲ ޙަލީލަކީ މި ސަރުކާރުގެ ފޮރިން މިނިިސްޓަރުކަން ކުރައްވާފައިވާ މި ސަރުކާރު ނިސްބަތްވާ ޕީއެންސީ އަށް ސަޕޯޓު ކުރައްވާ ބޭފުޅެކެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ މިފަހަކުން ކެބިނެޓަށް ގެންނެވި ބަދަލާއެކު ޙަލީލް ވަނީ ފޮރިންގ މިނިސްޓަރު ކަމުން އިސްތިއުފާދީފަ އެވެ.
އެމަނިކުފާނު ވަނީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް ވަޒީރުކަން ކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފ.ނިލަންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންކަރިން ޚިދުމަތުން 730 މިލިޔަން ރުފިޔާގެ ފައިދާއެއް އެސްޓީއޯ އަށް!`
3 ގަޑިއިރު ކުރިން

ޙަރަދު ކުޑަކުރެވޭނީ ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކޮށްގެން: ސާއިދު
3 ގަޑިއިރު ކުރިން

މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފި
3 ގަޑިއިރު ކުރިން

ޓެކްސީ ނަފާ ލޯނުތައް ދެއްކުމުގައި ބޮޑެތި ކަންބޮޑުވުންތަކެއް!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)