
މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފި

ރިޟްވާން މޫސާ - 25 އޭޕްރީލު 2026 - 09:01
އެމްޑީޕީން ކޮންމެ ރެއަކު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ކުރިއަށްދިޔަ މުޒާހަރާގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މަގުމަތިން ބަޔަކު ހަމަލާދީފި އެވެ
ގަލޮޅު ސަހަރާ ކައިރިން އެއްވުން ކުރިއަށް ދިޔައިރު، އެއްވުން ލީޑް ކުރައްވަމުން ގެންދެވީ އާޒިމެވެ. ބައެއް ޓީވީތަކުން ލައިވްކުރި މުޒާހަރާގައި އާޒިމަށް ހަމަލާ ދިން މީހާ ވަނީ ކެލަމް ފިހާރަ ކައިރިން އާޒިމް ކުރިމައްޗަށް އަރައި، މޭގައި ޖަހައި ކޮއްޕާލައިފައެވެ.
އާޒިމަށް ހަމަލާދިން މީޙާ އަށް އެމްޑީޕީގހެ ބައިވެރިންވެސް ވަނީ ހަމަލާތަކެއް ދީފަ އެވެ. މިއާއެކު ރޭގެ މުޒާހަރާގައި އެސަރަހައްދުގައި ވަނީ ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ހިނގާފަ އެވެ.
އެސަރަހައްދުގައި އެއްވެ ތިބި މީހުންނާއެކު ހިނގި މި ހަމަނުހުންތައް ކޮންޓްރޯލްކޮށް އެސަރަހައްދަށް އެއްވެ ތިބި މީހުން ފޮނުވާލާފައި ވަނީ ފުލުހުންނެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ އާދަމް އާޒިމަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފައެވެ. އަދި މި ހަމަލާ މިހާރުން މިހާރަށް ތަހުގީގުކޮށް، މޭޔަރު އާޒިމަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންނަށް ގޮވާލެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންކަރިން ޚިދުމަތުން 730 މިލިޔަން ރުފިޔާގެ ފައިދާއެއް އެސްޓީއޯ އަށް!`
3 ގަޑިއިރު ކުރިން

ޙަރަދު ކުޑަކުރެވޭނީ ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކޮށްގެން: ސާއިދު
3 ގަޑިއިރު ކުރިން

އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތީލާކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަ ތަކެއް: އަބުދުﷲ ޙަލީލް
3 ގަޑިއިރު ކުރިން

ޓެކްސީ ނަފާ ލޯނުތައް ދެއްކުމުގައި ބޮޑެތި ކަންބޮޑުވުންތަކެއް!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)