
ޙަރަދު ކުޑަކުރެވޭނީ ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކޮށްގެން: ސާއިދު

ރިޟްވާން މޫސާ - 25 އޭޕްރީލު 2026 - 09:02
ސަބްސިޑީއަށް ކުރާ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަންޖެހޭ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމާއި، އިގުތިސާދަށް ކުރަމުންދާ އަސރު ކުޑަކުރުމަށްޓަކައި ސަރުކާރެުން ވަނީ ޙަރަދު ކުޑަ ކުރުމުގެ ގޮތުން ވަރަށް ގިނަ ފިޔަވަޅުތައްވެސް އަޅަން ނިންމާފަ އެވެ. އަދި މިއާއެކު ސަރުކާރުން ވަނީ މިހާތަނަށް އެކަންކަމުގެ ބައެއް މަސައްކަތްތަކަށް ވެސް އަމަލީ ގޮތުން ފިޔަވަޅުވެސް އަޅުއްވާފަ އެވެ.
އެގޮތުން ދައުލަތުގެ ބައެއް މިނިސްޓްރީ ތަކުގެ އަދަދުވެސް އަދި މުއައްޒަފުން ވެސް ވަނީ މަދުކުރައްވައި އަލުން އާ ކެބިނެޓެއްވެސް އެކުލަވާލާފަ އެވެ. މީގެ އިތުރުން މިނިސްޓްރީ ތަކުން ކޮންމެހެން ކުރައްވަން ޖެހޭ ރާއްޖެއިން ބޭރު ދަތުރުތައް ކުރުމަށާއި، ބޭރުގެ އެކިއެކި ގައުމުތަކުގައި އޮންނަ ފޯރަމް ތަކާއި ބައްދަލުވުންތަކުގައި ބައިވެރި ވުމަށް އޮންލައިކޮށް ބައިވެރިވުން ފަދަ ނިންމުންތައް ނިންމާފައިވާ ކަން ފާހަގަ ކޮށްލެވެ އެވެ.
ޙަރަދު ކުޑަކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ކުންފުނިތަކުން 33 އިންސައްތަ މުއައްޒަފުން މަދުކުރަންވެސް ޕްރައިވެޓައިޒޭޝަން ބޯޑަށް ވެސް އަންގާފަ އެވެ.
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ ރައްޔިތުން އަބަދުވެސް އެދޭ އެއް ކަމަކީ ސަރުކާރު ބުރަބޮޑުނުވެ ހަރުދަނާ ގޮތެއްގެ މަތިން ސަރުކާރުތައް ހިންގުން ކަމަށެވެ. އެ ވިސްނުމުގައި ބަލާއިރު ދައުލަތުގެ އެންމެ ބޮޑު ޚަރަދެއް ހިނގަނީ ކަރަންޓު އުފެއްދުމުގެ ދައިރާއަށްކަން ސާއިދު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވިނަމަވެސް ސާއިދު ވިދާޅުވީ ސަރުކާރުން ޓެރިފް ރޭޓުތަކަށް ބަދަލު ނުގެނެސް ޚިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ބުރަ ސަބްސިޑީގެ ގޮތުގައި ސަރުކާރުން އުފުލާ ކަމަށެވެ.
މިއަހަރުގެ ހިނގާނެކަމަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ތައްޔާރުކުރިއިރު ދައުލަތުން ސަބްސިޑީއަށް ހިންގާނެ ކަމަށް އަންދާޒާ ކުރީ 1 ބިލިޔަން ރުފިޔާ ކަމަށާއި އޭރު މެދުއިރުމަތީގެ މި ހާލަތަށް ރިއާޔަތް ނުކުރެވޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަކުރަން ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ކަތައަށް ކުރާ ހޭދަ ކުޑަކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތް މެދުކެނޑުމަކާއި ނުލައި ބުރަ ބޮޑުނުވާނެހެން ކުރިއަށް ގެންދިއުން ކަމަށް މާލީ ވުޒާރައިން ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ބޭނުން ކުރާ ހަކަތައިގެ %33 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ކޮންމެހެން ތަންފީޒުކުރަންޖެހޭ ކަމެއްކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންކަރިން ޚިދުމަތުން 730 މިލިޔަން ރުފިޔާގެ ފައިދާއެއް އެސްޓީއޯ އަށް!`
3 ގަޑިއިރު ކުރިން

އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތީލާކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަ ތަކެއް: އަބުދުﷲ ޙަލީލް
3 ގަޑިއިރު ކުރިން

މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފި
3 ގަޑިއިރު ކުރިން

ޓެކްސީ ނަފާ ލޯނުތައް ދެއްކުމުގައި ބޮޑެތި ކަންބޮޑުވުންތަކެއް!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)