
ޓެކްސީ ނަފާ ލޯނުތައް ދެއްކުމުގައި ބޮޑެތި ކަންބޮޑުވުންތަކެއް!

ރިޟްވާން މޫސާ - 25 އޭޕްރީލު 2026 - 06:00
ސަރުކާރުން ތައާރަފްކުރި "ޓެކްސީ ނަފާ" ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ނުކުރެވި، ލޯނު އަނބުރާ ދެއްކުމަށް މަޖުބޫރުކުރަމުން ދާތީ އާންމުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އިންސާފުވެރި ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ޓެކްސީ ނަފާ ލޯނާ ގުޅޭ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން މީސް މީޑިޔާގައި ދައްކަވަމުން އަންނަ ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ސައީދު ވިދާޅުވީ، ޓެކްސީ ނަފާ ލޯނު ނެގި ފަރާތުގެ ކަންބޮޑުވުންތައް އިންސާފުވެރިކަމާ އެކު، ބަލައި ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކެއް ހޯދުމަށް ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ.
ކުރީ ސަރުކާރުން ޓެކްސީ ދުއްވަން ކާރު ގަންނަން ތައާރަފުކުރި "ޓެކްސީ ނަފާ ލޯނު"ގެ ދަށުން ގެނައި ކާރުތައް ރަޖިސްޓްރީ ނުކުރެވި އަހަރެއް ވެގެން ގޮސް އޭގެ ބޭނުން ނުކުރެވި އޮއްވައި، ޑްރައިވަރުންނަށް ލޯނަށް ފައިސާ ދައްކަން ޖެހުމަކީ "ސްކޭމް"އެއް ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އެސްއެމްއީ ޑިޖިޓަލްއިން މި ލޯނު ތައާރަފުކުރީ ސެޕްޓެމްބަރު 04، 2023ގައެވެ. ނަމަވެސް އެ ލޯނަށް އެދުނު މީހުންނަށް ފައިސާ ޖަމާވެފައި ވަނީ މި ސަރުކާރު އައިސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށެވެ.
ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ހިދުމަތްދީ، އަދި ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ޙައްލު ހޯދައި ދިނުމަށް މަސައްކަތްކުރުން ކަމުގަ އެވެ. ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންކަރިން ޚިދުމަތުން 730 މިލިޔަން ރުފިޔާގެ ފައިދާއެއް އެސްޓީއޯ އަށް!`
3 ގަޑިއިރު ކުރިން

ޙަރަދު ކުޑަކުރެވޭނީ ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކޮށްގެން: ސާއިދު
3 ގަޑިއިރު ކުރިން

އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތީލާކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަ ތަކެއް: އަބުދުﷲ ޙަލީލް
3 ގަޑިއިރު ކުރިން

މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)