logo

ނޯތު ހާބަރުން ވިޔަފާރި ބޭނުންތަކަށް އިތުރު 6 ޖާގަ ދޫކުރަނީ

profile

އާމިނަތު ޝަޒްލާ - 19 ޖުލައި 2026 - 05:35

މާލޭގެ ނޯތު ހާބަރު ސަރަހައްދުގައި ވިޔަފާރި އުސޫލުން ބޯޓުފަހަރަށް މުދާ ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު 6 ޖާގަ ދޫކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

https://wamco.com.mv/

މިއީ ނޯތު ހާބަރުގައި އުޅަނދުފަހަރަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، މުދާ އުފުލާ ފަރާތްތަކަށް ލުއިފަސޭހަ މާހައުލެއް ގާއިމުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ.

undefined

އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަޙްމަދު ޢައްޒާމް ޝަރީފް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ވިޔަފާރި އުސޫލުން ޚިދުމަތް ދިނުމަށްޓަކައި މިހާރުވެސް އެސްޓީއޯ، އެމްޑަބްލިއުއެސްސީ އަދި މިފްކޯ ފަދަ ކުންފުނިތަކަށް ޖާގަ ދޫކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން ދޯނިފަހަރަށް ބޭނުންވާ ޟަރޫރީ ތަކެތި ފޯރުކޮށްދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އައްޒާމް އިތުރަށް ވިދާޅުވީ، ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި އިމާރާތުގެ ތިރީބައި މިހާރު ވަނީ ވިޔަފާރިތަކަށް ޚާއްޞަކޮށްފައި ކަމަށާއި، އެތަނުން ދޫކުރާ ސްލޮޓްތަކަށް މިހާރު އިޢުލާން ކުރަމުންދާ ކަމަށެވެ. އެގޮތުން އިތުރު 6 ސްލޮޓެއް ދޫކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި، ބޯޓުފަހަރަށް ބޭނުންވާ ތަކެތި ބަނދަރު ސަރަހައްދުން ފަސޭހަކަމާއެކު ލިބެން ހުރުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށްވެސް ލިބޭނެ ވަރަށް ބޮޑު ލުޔެެއް ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޕީއެލުން ބުނި ގޮތުގައި މި ސްލޮޓްތައް ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހޯލްސޭލް ވިޔަފާރިކުރާ ފަރާތްތަކަށެވެ. މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ކުރު މުއްދަތެއްގެ ތެރޭގައި، ހެޔޮ އަގުގައި ބޯޓުފަހަރަށް މުދާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. މީގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުން މުދާ ދޫކުރި ނަމަވެސް، މި އައު ނިޒާމުގެ ސަބަބުން މުދާ ފޯރުކޮށްދިނުމުގެ މަރުހަލާ އިތުރަށް ހަލުވިވެ، ލުއިފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk