logo

130 ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ ޝަހީބް ހޯދައިދޭން ފުލުހުން އެދިއްޖެ

profile

އައިޝަތު އިނާޝާ - 13 ސެޕްޓެމްބަރު 2025 - 16:17

2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުމާލޭ ކައިރީ އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހައްޔަރުކޮށް، ދޫކޮށްލި ގއ.ވިލިނގިލި ، ލައިޓްހައުސް ، ޝަހީބް އިބްރާހިމް 47އ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުން އޭނާ ހޯދަން އިއުލާންކޮށްފިއެވެ.

https://wamco.com.mv/

ޑްރަގުގެ މައްސަލަގައި ހައްޔަރުކޮށް ދެވަނަ ފަހަރަށް ބަންދުގެ މުއްދަތަށް ގެންދިޔުމުން 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ޝަހީބާއެކު ހަތް މީހަކު ހައްޔަރު ކުރިއެވެ. އޮޕަރޭޝަނުގައި ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އެ އޮޕަރޭޝަނުގައި ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވެއެވެ.

އެ އޮޕަރޭޝަނުގައި ބަރުދަނުގައި 130 ކިލޯހުރި މަސްތުވާތަކެތި ހޯދާފައިވެއެވެ.

ފުލުހުން މިއަދު ބުނީ ޝަހީބަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މިހެއްކަމަށެވެ.

އެހެންކަމުން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ޝަހީބްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދިފައި ވެއެވެ.

https://etukuri.mv/
https://www.aslu.com.mv