
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް (ޕީ.ޑީ) ކެތީޓަރު ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަން/ ފޮޓޯ: މާލެ ސިޓީ ގްރޫޕް ޕއޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް
ޕެރިޓޯނިއަލް ޑަޔަލިސިސް ހެދުމަށް ބޭނުންކުރާ ކެތީޓަރު ލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފި

އައިޝަތު އިބްރާހިމް - 19 އޮކްޓޯބަރު 2025 - 12:29
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެރިޓޯނިއަލް ޑަޔަލިސިސް ހެދުމަށް ބޭނުންކުރާ ކެތީޓަރު ޑަޔަލިސިސްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށާ ފުރަތަމަ އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ކޮށްފިއެވެ.
މިކަން ހާމަކޮށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް (ޕީ.ޑީ) ކެތީޓަރު ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި މިފަދަ އޮޕަރޭޝަނެއް ކުރެވުނު ފުރަތަމަ ފަހަރެވެ.
އައިޖީއެމްއެޗުގައި ޕެރިޓޯނިއަލް ޑަޔަލިސިސްގެ ހިދުމަތް ފޯރުކޮށްދޭތާ މިހާރު 18 މަސް ވަނީ ފުރިހަމަވެފައެވެ.
އަބްދުއްރައްޒާގު ޙަލީމް ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ، ގުރުދާގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް މި ހިދުމަތަކީ ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމެކެވެ. އެއީ މި ފަރުވާ ބަލިމީހާއަށް އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި، އެއްވެސް ވޭނަކާ ނުލައި، އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ފަރުވާއެއް ކަމަށެެވެ.
މި ހިދުމަތުގެ ދަށުން، ފުރަތަމަ ފަހަރަށް އެ ހޮސްޕިޓަލުގައި ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންކުރާ މޭގެ ކެތީޓަރު ލެއްވުމުގެ ހިދުމަތްވެސް ވަނީ ތައާރަފުކޮށްފައެވެ.
މި އޮކްޓޯބަރު މަހުގެ ކުރީކޮޅު ކުރެވުނު ފުރަތަމަ ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސާޖަރީ، ޔޫރޮލޮޖީ، އެނެސްތީސިއާ އަދި ނެފްރޮލޮޖީގެ ދާއިރާތަކުން ހާއްސަ ތަމްރީނު ލިބިފައިވާ ދިވެހި ޑޮކްޓަރުންގެ ޓީމަކުން ކަމަށާއި މިހާރުވެސް މި ހިދުމަތާ ގުޅުންހުރި އިތުރު ތަމްރީނު ޕްރޮގްރާމްތައް އެ ހޮސްޕިޓަލުގައި ކުރިއަށްދާކަން ހަލީމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ކުރިއެރުމަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު އަދި ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގެ ތެރޭގައި އެންމެ ގިނައިން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދައުލަތުން ޚަރަދުކުރާ އެއް ބައްޔަކީ ކިޑްނީގެ ބަލިތަކެވެ. ކިޑްނީ ބަލީގެ ފަރުވާ ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. ކިޑްނީ ބަލީގެ ސަބަބުން ހަފްތާއަކު ދެތިން ދުވަހު ޑަޔަލިސިސްގެ ޚިދުމަތް ހޯދަންޖެހޭ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ.
މި ޚިދުމަތް މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި ފުޅާކުރުމަށް ސަރުކާރުންވަނީ މަޝްރޫޢެއް ފައްޓަވާފައެވެ. މާލެ ސަރަޙައްދުގައި ސިއްޙީ ފަރުވާދޭ ހުރިހާ ބޮޑެތި ހޮސްޕިޓަލުތަކުގައި ޑަޔަލިސިސްގެ ޚިދުމަތް ޤާއިމުކޮށްފައިވާއިރު ސަރުކާރު ހޮސްޕިޓަލުތަކުގައި މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
ޑަޔަލިސިސް ހެދުމަކީ ބަލިމީހާއަށް އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމެކެވެ. ހަފްތާއަކު 2 ދުވަސް ނުވަތަ 3 ދުވަހުވެސް ޑަޔަލިސިސް ހަދާ މީހުން މަދެއްނޫނެވެ. އެހެންނަމަވެސް ޒަމާނާއި އެއްގޮތަށް ބަލިމީހުންނަށް އިތުރު ތަކުލީފިތަކާއި ނުލާ ޑަޔަލިސިސްގެ ހެދުމުގެ މަގު މިވަނީ ފަހިވެގެންގޮސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ތިންވަނަ ކުއާޓަރގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި 6.48 ބިލިއަން ރުފިޔާ ލިބިއްޖެ
ދުވަހެއް ކުރިން

ހޯމް ސްކޫލިންގ އަށް ފުރުސަތުދޭނީ އެކަމަށް ހާއްސަ އެސެސްމެންޓް ހެދުމަށްފަހު: ޑރ ޝަފީއު
ދުވަހެއް ކުރިން

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ހުރިހާ ޓާޝަރީ ހޮސްޕިޓަލަކަށް ވަކި ހާއްސަ ގުރޫޕެއް!
ދުވަހެއް ކުރިން

ރާއްޖޭގެ އިތުރު 3 ސަރަހައްދެއްގައި ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމްކުރަނީ
ދުވަހެއް ކުރިން


