logo
އެމްއޭސީއެލް އިން ކުރިއަށް ގެންދާ ދެ ކޯހުގެ ބައިވެރިން

އެމްއޭސީއެލް އިން ކުރިއަށް ގެންދާ ދެ ކޯހުގެ ބައިވެރިން

އެއަރ ޓްރެފިކް ކޮންޓްރޯލިންގ ކޯސްތަކެއް ފަށައިފި

profile

ޔޫޝައު ހަސަން - 24 ފެބްރުއަރީ 2023 - 09:54

އެއާޓްރެފިކް ކޮންޓްރޯލަރުން ތަމްރީނުކުރުމުގެ ހާއްސަ ކޯސްތަކެއް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފިއެވެ.

https://wamco.com.mv/

އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް ހާއްސަ ކުރެވިގެން ފަށައިގެން ކުރިއަށްގެންދަނީ ދެ ކޯހެއް ކަމަށާއި އެއީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖާ ކޯސް އަދި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖާ ކޯސް ކަމަށް އެމްއޭސީއެލްއިން މައުލޫމާތު ދެއެވެ.

މިދިޔަ އަންގާރަދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ކޯސްތައް އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދަނެ ކަމުގައި އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލް އިން އެއަރ ޓްރެފިކް ކޮންޓްރޯލަރސް އަށް ހިންގާ މި ދެ ކޯހުގައި 12 ދަރިވަރަކު ބައިވެރިވެ ތަމްރީނު ފުރިހަމަ ކުރަމުން އަންނަ ކަމަށާއި އޭރިއާ ކޮންޓްރޯލް ޕްރޮސީޖާ ހަ ދަރިވަރަކު އަދި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖާ ކޯސްގައި ހަ ދަރިވަރަކު ބައިވެރިވަމުން އަންނަކަމަށްވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

ކޯހުގެ ދަރިވަރުންނަށް ކިޔަވައިދޭނީ ބައިނަލްއަގުވާމީ ޓްރެއިނަރުންގެ ޓީމަކުންކަމަށް އެމްއޭސީއެލުން ބުންޏެވެ. އެ ޓްރެއިންނަރުންނާ އެކު ރާއްޖޭގެ ޓްރެއިނަރުންވެސް ހަރަކާތްތެރިވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ކޯހުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބައިނަލްއަގުވާމީ ޓްރެއިނަރުންގެ ޓީމަކާއެކު ރާއްޖޭގެ ޓްރެއިނަރުންވެސް ހަރަކާތްތެރިވާނެއެވެ.

https://wamco.com.mv/
https://www.aslu.com.mv