logo
ޤާނޫނު ތަންފީޒުކުރާ އިދާރާތްތަކަށް ކުރިއަށްގެންދާ "އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ'' ކޯހުގެ ތެރެއިން

ޤާނޫނު ތަންފީޒުކުރާ އިދާރާތްތަކަށް ކުރިއަށްގެންދާ "އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ'' ކޯހުގެ ތެރެއިން

"އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ" ކޯސް ފަށައިފި!

profile

ޔޫޝައު ހަސަން - 16 ޖެނުއަރީ 2023 - 13:29

އެމެރިކާގެ އެންޓި-ޓެރަރިޒަމް އޮފީހާ ގުޅިގެން ޤާނޫނު ތަންފީޒުކުރާ އިދާރާތްތަކަށް ކުރިއަށްގެންދާ “އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ” ކޯސް ފަށައިފިއެވެ.

https://wamco.com.mv/

ފުލުހުން ހާމަކުރައްވާ ގޮތުގައި މި މަހު 15 ން 19 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި އެމެރިކާގެ އެންޓި-ޓެރަރިޒަމް އެސިސްޓެންސް އޮފީސް ގުޅިގެން ކުރިއަށްގެންދާ ކޯހެއްކެވެ.

މި ކޯހުގައި ގަވާއިދާ ޚިލާފަށް މުދާ އެތެރެކުރުން ހުއްޓުވުމަށާއި އެކަމުގައި ބޭނުންކުރާ ތަފާތު ގޮތްތަކާއި، ބަލްކް ކަރަންސީ އަދި ޝައްކުކުރެވޭ ހަރަކާތްތައް ދެނެގަތުމާއި، ޕެސެންޖަރ ޓާގެޓިންގ ހެދުމާއި، އިލެކްޓްރޯނިކް މީޑިއާ / ޑިވައިސް އެގްޒަމިނޭޝަން ހެދުމާއި، ކަވަރ އޯޕްރެޝަންސް އަދި އިންޓެގްރޭޝަން ޓެކްނިކްސްގެ މައުލޫމާތު ހިއްސާކުރާނެ ކަމުގައި ފުލުހުން މައުލޫމާތު ދެއްވައެވެ.

މި ކޯހުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 37 މުވައްޒަފުން ބައިވެރިވެފައި ވާކަމަށް ފުލުހުން ހާމަކުރައްވައިފައިވެއެވެ.

https://etukuri.mv/
https://www.aslu.com.mv