logo
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ---

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ---

އިމްރާންގެ ސުވާލެއް: ރައީސް މުއިއްޒަކީ އިސްލާމް ދީން ދެކެ ލޯބިވާ ވެރިއެއް ނަމަ، ރާއްޖޭގެ ބިން ޒަޔަނިސްޓުންނަށް ހިލޭ ދޭން ކެރޭނީ ކިހިނެއް؟

profile

ޖިނާން ޙުސައިން ޖަބީން - 28 އޮކްޓޯބަރު 2026 - 15:26

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އިސްލާމްދީން ދެކެ ލޯބިވާ ވެރިއެއް ނަމަ، ދިވެހިރާއްޖޭގެ އަގުހުރި ބިންތައް ޒަޔަނިސްޓުންނަށް ހިލޭ ދޭން ކެރޭނީ ކިހިނެއްތޯ ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސުވާލު އުފައްދަވައިފިއެވެ.

https://wamco.com.mv/

އިމްރާން މި މޭރުމުން ވިދާޅުވެފައިމިވަނީ، ރަސްމާލޭގެ ބިން 99 އަހަރަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް އާންމުންގެ އެތައް ބަޔަކު މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

View post on Twitter

މިކަމާ ގުޅިގެން މީސްމީޑިއާ މަންސް "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމްރާން ވަނީ، ރައީސް މުއިއްޒަށް ވެވަޑައިގެންފައި ހުންނެވި ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އިސްލާމީ ވަހުދަތާއި ގައުމީ މަސްލަހަތު އިސްކުރަންޖެހޭ މިފަދަ ކަންކަމުގައި ސަރުކާރުން ނިންމަމުންދާ ނިންމުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ރަސްމާލޭގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިގު މުއްދަތަކަށް ދޭން ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ދީނީ އިލްމުވެރިން މިކަމާ ދެކޮޅަށް އަޑުއުފުލަމުންދާ މައިގަނޑު ސަބަބަކީ، އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލްއައްބާރަކީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ އިޒުރޭލުގެ ޒަޔަނިސްޓު ޔަހޫދީންނަށް ފާޅުގައި ފަންޑުކޮށް، އެ މީހުންނަށް މަދަދުވެރިވާ ފަރާތަކަށް ވާތީއެވެ.

މީގެ އިތުރުން ވެސް، އަލްއައްބާރަކީ މީގެ ކުރިން ތަފާތު އެކި ޕްލެޓްފޯމްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކުޑައިމީސްވާ ގޮތަށް ފާޅުގައި ވާހަކަދައްކާފައިވާ މީހެއްކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. އެހެންކަމުން، ސައްތައިންސައްތަ މުސްލިމު ގައުމެއްގެ ބިން މިފަދަ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

https://wamco.com.mv/
tel:+9607331319