
ވަށްމާފުށި ޒިޕްލައިނަށް "ދުނިޔޭގެ އެންމެ ރީތި ޒިޕްލައިން"ގެ އެވޯޑު ލިބިއްޖެ

އާމިނަތު ޝަޒްލާ - 04 ސެޕްޓެމްބަރު 2026 - 10:21
ކ. މާފުއްޓާއި ވަށްމާފުއްޓާ ދެމެދު ގާއިމުކޮށްފައިވާ "ވަށްމާފުށި ޒިޕްލައިނަށް" ދުނިޔޭގެ އެންމެ ރީތި ޒިޕްލައިންގެ ޝަރަފުވެރި އެވޯޑު ލިބިއްޖެއެވެ.
މި އެވޯޑު ވަށްމާފުށި ޒިޕްލައިނަށް ލިބިފައިވަނީ އަވައްޓެރި ސްރީލަންކާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ޓެމްޕަލް ޓްރީސްގައި ބޭއްވި 'ގްލޯބަލް ބްރޭންޑް އެވޯޑްސް' ހަފްލާގައެވެ. މި ރަސްމިއްޔާތުގައި އެވޯޑު ހަވާލުކޮށްދެއްވީ ސްރީލަންކާގެ ކުރީގެ ރައީސް (ހަތްވަނަ ރައީސް) މައިތުރިޕާލަ ސިރިސޭނާއެވެ.
އޮސްވާނާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކޮށް ހިންގަމުން އަންނަ މި ޒިޕްލައިނަކީ މާފުއްޓާއި ވަށްމާފުށި ޕިކްނިކް އައިލޭންޑާ ދެމެދު ގާއިމުކޮށްފައިވާ 428 މީޓަރުގެ ދިގު ޒިޕްލައިނެކެވެ.
މި އެވޯޑަކީ ޒިޕްލައިން މޯލްޑިވްސްއިން ފޯރުކޮށްދޭ ހިތްވަރުގަދަ ކުޅިވަރުތަކާއި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ގެނެސްފައިވާ އައު އީޖާދީ ފުރިހަމަ ގުޅުން ބަލައިގަތުމުގެ ގޮތުން ދީފައިވާ އެވޯޑެކެވެ. މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޒިޕްލައިން މޯލްޑިވްސްއަކީ މުޅިން ތަފާތު، އައު ތަޖުރިބާއެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިގެން ގޮސްފައެވެ.
އާދައިގެ ޒިޕްލައިން ތަޖުރިބާތަކާ ޚިލާފަށް، ޒިޕްލައިން މޯލްޑިވްސްއިން ފަތުރުވެރިން އެއް ރަށުން އަނެއް ރަށަށް ގެންގޮސްދެނީ ރާއްޖޭގެ ކަނޑުގެ ހިތްގައިމު މަންޒަރުތައް އެއްވެސް ހުރަހެއްނެތި ފުރިހަމައަށް ފެންނާނެ ގޮތަށެވެ. މިއީ މި ޒިޕްލައިން ބޭނުންކުރާ ފަރާތްތަކަށް ހަނދާނުން ފޮހެލަން ދަތި ހިތްގައިމު ތަޖުރިބާއެއް ކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.
މި ލިބުނު ކާމިޔާބީއާ ގުޅިގެން އޮސްވާނާ ގްރޫޕުގެ ސީއީއޯ އިބްރާހިމް އާސިމް ވިދާޅުވީ، މިއީ ހަމައެކަނި ޒިޕްލައިން މޯލްޑިވްސްއަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއް ނޫން ކަމަށާއި، މިއީ މުޅި ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުވެ، ރާއްޖެއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ޚާއްސަ 'ސިލަބައި އެގްޒާމް ޕްރެޕް' ޕްލެޓްފޯމް ތައާރަފުކޮށްފި
15 ގަޑިއިރު ކުރިން

1.7 ކިލޯގެ ޑްރަގާއި ވޭޕް އަތުލައިގަނެ، ތިން މީހަކު ހައްޔަރުކޮށްފި
18 ގަޑިއިރު ކުރިން

ނޭޕާލްގެ ފެންބޮޑުވުން: މަރުވި މީހުންގެ އަދަދު 1،280 އަށް ވުރެ މައްޗަށް!
18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ނެޓްވޯކެއްގެ އިސް ދެ މީހަކު ހައްޔަރުކޮށްފި
18 ގަޑިއިރު ކުރިން


