logo

އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ޚާއްސަ 'ސިލަބައި އެގްޒާމް ޕްރެޕް' ޕްލެޓްފޯމް ތައާރަފުކޮށްފި

profile

އާމިނަތު ޝަޒްލާ - 04 ސެޕްޓެމްބަރު 2026 - 14:09

ދިވެހިރާއްޖޭގެ އެޑިއުކޭޝަން ޓެކްނޮލޮޖީ ޕްލެޓްފޯމެއް ކަމަށްވާ ސިލަބައި އިން، އޯލެވެލް އަދި އޭލެވެލް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ޚާއްސަކޮށްގެން 'ސިލަބައި އެގްޒާމް ޕްރެޕް' ގެ ނަމުގައި ޑިޖިޓަލް ޕްރެކްޓިސް ޕްލެޓްފޯމެއް ސޮފްޓް ލޯންޗްކޮށްފިއެވެ.

https://wamco.com.mv/

މި ޕްލެޓްފޯމަކީ ރާއްޖޭގެ ގައުމީ މަންހަޖަށް އަމާޒުކޮށްގެން، ދަރިވަރުންނަށް ފަސޭހައިން ނޯޓްސްތައް ކިޔުމާއި، ސުވާލުތައް ފަރިތަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، ޖަވާބުތަކުގެ ތަފްސީލީ ބަޔާންތައް ހިމަނައިގެން ދަރިވަރުން ޝައުގުވެރިވާނޭ ފަދަ 'ގޭމިފައިޑް ލާރނިންގް' ގެ ތަޖުރިބާއެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ވަސީލަތެކެވެ. މީގެއިތުރުން، ޕްލެޓްފޯމުގައި ހިމެނޭ ކުއިޒްތައް ފުރިހަމަކޮށްގެން ލިބޭ ޕޮއިންޓުން ލީޑަބޯޑުގައި އެހެން ދަރިވަރުންނާ ވާދަކުރުމުގެ ފުރުސަތު ވެސް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކޮމްޕިއުޓަރު، ލެޕްޓޮޕް، ފޯނު އަދި ޓެބްލެޓް ފަދަ ޑިވައިސްތަކުން ފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ މި ޕްލެޓްފޯމްގެ ފުރަތަމަ ފިޔަވަހީގައި އިސްކަންދީފައިވަނީ އިސްލާމް މާއްދާއަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު މާއްދާތައް މި ޕްލެޓްފޯމަށް ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްލެޓްފޯމް އަންނަ އަހަރު ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދަރިވަރަކަށްވެސް މުޅިން ހިލޭ ބޭނުންކުރެވޭނެއެވެ. އަދި އެ މުއްދަތުގެ ފަހުންވެސް ޕްލެޓްފޯމުގެ ގިނަ ފީޗާތަކެއް ދަރިވަރުންނަށް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ސިލަބައި އިން މައުލޫމާތުދެއެވެ. މި ވަގުތުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 70 އަށްވުރެ ގިނަ ސްކޫލުގެ ދަރިވަރުން އަންނަނީ މި ޕްލެޓްފޯމްގެ ބޭނުން ހިފަމުންނެވެ.

ތަޖުރިބާކާރު ޓީޗަރުންގެ އެހީތެރިކަމާއެކު ދިވެހި ދަރިވަރުންގެ ބޭނުންތަކަށް އެންމެ އެކަށޭނަ ގޮތަށް ތައްޔާރުކޮށްފައިވާ މި ޕްލެޓްފޯމް، syllabi.mv/examprep ވެބްސައިޓް މެދުވެރިކޮށް މިހާރު ދަރިވަރުންނަށް ބޭނުންކުރެވޭނެއެވެ.

https://wamco.com.mv/
tel:+9607331319