
1.7 ކިލޯގެ ޑްރަގާއި ވޭޕް އަތުލައިގަނެ، ތިން މީހަކު ހައްޔަރުކޮށްފި

އާމިނަތު ޝަޒްލާ - 04 ސެޕްޓެމްބަރު 2026 - 10:32
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ވޭޕް ފުޅިތަކަކާއެކު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިއްޔެ މާލޭގައި ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކ. ހުރާ، ސާނީވިލާ، އުމުރުން 26 އަހަރުގެ ޙުސައިން ޝާވިން އާއި، ތ. ތިމަރަފުށި، ވިލާ، އުމުރުން 21 އަހަރުގެ މަރްޔަމް ޢިޝާ އަޝްރަފްގެ އިތުރުން ސ. ހުޅުދޫ، ރޭޝަމް، 25 އަހަރުގެ މުޙައްމަދު ނާހިލްއެވެ.
މި އޮޕަރޭޝަންގެ ތެރެއިން އެ މީހުން ހައްޔަރުކޮށް، މާފަންނު ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 1.7 ކިލޯގެ ތަކެތި ވަނީ ފެނިފައެވެ. މީގެއިތުރުން، މަސްތުވާތަކެތި އެކުލެވިގެންވާ ކަމަށް ބެލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ ފުޅިއެއްވެސް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ވިދާޅުވީ، ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން، ޙުސައިން ޝާވިން އަދި މަރްޔަމް ޢިޝާ އަޝްރަފް 15 ދުވަހުގެ މުއްދަތަށް، އަދި މުޙައްމަދު ނާހިލް ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ޚާއްސަ 'ސިލަބައި އެގްޒާމް ޕްރެޕް' ޕްލެޓްފޯމް ތައާރަފުކޮށްފި
15 ގަޑިއިރު ކުރިން

ނޭޕާލްގެ ފެންބޮޑުވުން: މަރުވި މީހުންގެ އަދަދު 1،280 އަށް ވުރެ މައްޗަށް!
18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ނެޓްވޯކެއްގެ އިސް ދެ މީހަކު ހައްޔަރުކޮށްފި
18 ގަޑިއިރު ކުރިން

ނޭޕާލްގައި ފެންބޮޑުވެ ހޮހޮޅައެއްގައި ތާށިވި ދެ މީހަކު 9 ދުވަސް ފަހުން ސަލާމަތްކޮށްފި
18 ގަޑިއިރު ކުރިން


