logo

ފަލަސްތީނުގެ މައްސަލައަށް ހައްލުހޯދަން އޯއައިސީގެ ދައުރު ހަރުދަނާކުރަންޖެހޭ: ދިވެހިރާއްޖެ

profile

މުޙައްމަދު ފަޟްލޫން - 28 އޯގަސްޓު 2026 - 05:37

ފަލަސްތީނުގެ މައްސަލައަށް ހައްލުހޯދަން އޯއައިސީގެ ދައުރު ހަރުދަނާކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހާރިޖިއްޔާއިން ގޮވާލައިފިއެވެ.

https://wamco.com.mv/

އޯ.އައި.ސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ފަލަސްތީނުގެ ބިންތަކަކީ ޔަހޫދީ އިސްރާއީލުގެ މިލްކެއް ކަމުގައި ކަނޑައަޅައި، އެ ބިންތައް ފޭރިގަނެ، ހިސާރުކުރަމުންދާ ޣައިރު ގާނޫނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

އިސްރާއީލުގެ ޖަރީމާތައް ހުއްޓުވައި، ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒު ކުރުމުގައި ބައިނަލްއަގްވާމީ މުޖުތަމައުން އެކަށޭނަ ފިޔަވަޅުތަކެއް އަޅާފައިނުވާތީ، އެކަމާމެދު ވަޒީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިސްލާމީ އުއްމަތުގެ ހައްގުތަކާއި މަތިވެރި އުސޫލުތައް ހިމާޔަތްކޮށް ދެމެހެއްޓުމަކީ އޯއައިސީގެ މެމްބަރު ގައުމުތަކުގެ މައްޗަށް އޮތް ލާޒިމު ޒިންމާއެއްކަން ފާހަގަކުރައްވަމުން، ފަލަސްތީނުގެ ހައްގުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުން މުހިއްމު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، އަނިޔާލިބެމުންދާ ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް އިންސާފާއި އެމީހުންގެ ޝަރުއީ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެކަމަނާ ދެއްވިއެވެ.

އަދި ޣައްޒާގެ ހަނގުރާމަ ދާއިމީކޮށް ހުއްޓުވައި، ސަރަޙައްދީ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށްޓަކައި އެކުލަވާލާފައިވާ ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ގާޒާ ކޮންފްލިކްޓް ފުރިހަމައަށް ތަންފީޒު ކުރުމަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

https://wamco.com.mv/
tel:+9607331319