logo

ނ. ޅޮހީ އިންޖީނުގޭގެ ކެޕޭސިޓީ 1260 ކިލޯވޮޓަށް އިތުރުކުރަނީ

profile

އާމިނަތު ޝަޒްލާ - 27 އޯގަސްޓު 2026 - 12:47

ނ. ޅޮހީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ފެނަކަ ކޯޕަރޭޝަނުން އެ ރަށަށް 400 ކިލޯވޮޓްގެ އާ ޖެންސެޓެއް ގެންގޮސްފިއެވެ.

https://wamco.com.mv/

ފެނަކައިން ބުނީ، ޅޮހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހިދުމަތުގެ ފެންވަރު މަތިކޮށް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، 400 ކިލޯވޮޓުގެ އާ ޖެންސެޓެއް މިހާރު އެ ރަށަށް ގެންގޮސް ބާލާފައިވާ ކަމަށެވެ.

މި ޖެންސެޓް ގެންދިއުމުގެ ކުރިން ނ. ޅޮހީ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 860 ކިލޯވޮޓެވެ. ނަމަވެސް، އަލަށް ގެންދިޔަ 400 ކިލޯވޮޓުގެ ޖެންސެޓް ބޭނުންކުރަން ފެށުމާއެކު، ރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން 1260 ކިލޯވޮޓަށް މަތިވެގެންދާނެ ކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ.

View post on Twitter

ފެނަކައިން ބުނީ، ގެންދިޔަ ޖެންސެޓް ވީ އެންމެ އަވަހަކަށް އިންސްޓޯލްކޮށް، ރަށަށް ކަރަންޓު ދިނުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ކުރިއެރުމުގެ ސަބަބުން، ޕީކް ގަޑިތަކުގައި ކަރަންޓަށް ކުރިމަތިވާ ޕްރެޝަރު ކުޑަވެ، ކުރިމަގުގައި ރަށުގެ ތަރައްގީއާ އެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔަ ނަމަވެސް، ރައްޔިތުންނަށް މެދުކެނޑުމެއް ނެތި، އިތުބާރާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ފެނަކައިން އިތުރަށް ބުނީ، މިއީ ރާއްޖޭގެ އެކި ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، އަސާސީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކުންފުނިން މެދުނުކެނޑި ކުރިއަށް ގެންދާ މަސައްކަތްތަކުގެ ބައެއް ކަމަށެވެ.

https://wamco.com.mv/
tel:+9607331319