
ހުޅުދެލީ ޖެންސެޓް ހިދުމަތަށް ތައްޔާރު!

އާމިނަތު ޝަޒްލާ - 27 އޯގަސްޓު 2026 - 12:47
ދ. ހުޅުދެއްޔަށް ގެންދެވުނު 400 ކިލޯވޮޓުގެ އައު ޖެންސެޓް ބޭނުންކުރަން ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ.
އެ ކޯޕަރޭޝަނުން އެކްސް ޕްލެޓްފޯމުގައި ހިއްސާކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދ. ހުޅުދެއްޔަށް ގެންދެވިފައިވާ 400 ކިލޯވޮޓުގެ ޖެންސެޓް ރަށުގައި ނަސްބުކޮށް، ޚިދުމަތަށް ނެރުމަށް ބޭނުންވާ ތައްޔާރީތައް ދަނީ ފަރިތަކަމާ ހަލުވިކަމާ އެކު ކުރިއަށެވެ.
ދ. އަތޮޅުގައި ހިމެނޭ ހުޅުދެއްޔަކީ ކަރަންޓުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ރަށެކެވެ. ރައްޔިތުންނަށް ފެންވަރު ރަނގަޅު، ހަރުދަނާ ކަރަންޓުގެ ޚިދުމަތެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އިސް ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ޖެންސެޓާ އެކު ހުޅުދެއްޔަށް ކަރަންޓު ފޯރުކޮށްދިނުމުގެ ޤާބިލިއްޔަތު އިތުރުވެ، ރަށުގެ ރައްޔިތުންނަށް ލިބޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ލަފާ ކުރެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްތީނުގެ މައްސަލައަށް ހައްލުހޯދަން އޯއައިސީގެ ދައުރު ހަރުދަނާކުރަންޖެހޭ: ދިވެހިރާއްޖެ
11 މިނިޓު ކުރިން

ޕާސްޕޯޓު ލިބުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން، މުއްދަތު އިތުރުކުރުމާއި އިމަޖެންސީ ޕާސްޕޯޓް ދޫކުރަން ފަށައިފި
12 މިނިޓު ކުރިން

ޑޮލަރު ލިބޭނެ މަގު ތަނަވަސްކުރަން ކަސްޓަމްސް-ބޭންކް ނިޒާމެއް!
16 ގަޑިއިރު ކުރިން

ނ. ޅޮހީ އިންޖީނުގޭގެ ކެޕޭސިޓީ 1260 ކިލޯވޮޓަށް އިތުރުކުރަނީ
17 ގަޑިއިރު ކުރިން


