logo

ފުލުހުންގެ ހަރުދަނާ ޚިދުމަތާއެކު ޤައުމުގެ ޤަދަރު އުފުލިގެންދާނެ: ރައީސް

profile

އާމިނަތު ޝަޒްލާ - 01 ސެޕްޓެމްބަރު 2026 - 12:12

ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ، ދިވެހި ރައްޔިތުންނަށާއި މި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށް އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ވަނީ، މި މުއައްސަސާގެ އެހާރާއި މިހާރުގެ އެންމެހައި ޚިދުމަތްތެރީންނަށް ދުވަހުގެ ހެޔޮއެދުމާއި އިޚްލާޞްތެރި ތަހުނިޔާ އަރިސްކުރައްވާފައެވެ.

View post on Twitter

ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި ފުލުހުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހި ފަސްގަނޑުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ބައިނަލްއަޤްވާމީ މައިދާނުގައިވެސް ރާއްޖޭގެ އަގު އުފުލިގެންދާނެ ކަމެއް ކަމަށެވެ.

މީގެއިތުރުން، ޤައުމީ މި މަތިވެރި ޢަޒުމާއި ރޫޙުގައި، ކަނޑައެޅިފައިވާ އަމާޒުތައް ޙާޞިލްވާކަން ކަށަވަރުކުރުމަށްޓަކައި، އަބަދުވެސް ހިންމަތާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތުގައި ދެމިތިބުމަށް ހުރިހާ ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319