
މިސްކިތްތަކުގެ ލައިޓްތައް ވަގަށްނަގާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

މުޙައްމަދު ފަޟްލޫން - 01 ސެޕްޓެމްބަރު 2026 - 13:17
މިސްކިތްތަކުގެ ލައިޓްތައް ވަގަށްނަގާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ މާލޭގެ މަސްޖިދުލް ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގެ ތިރީ ފްލޯގައި ހަރުކޮށްފައި ހުރި ބައެއް ލައިޓްތައް ވަނީ ވަގަށް ނަގާފައިވާ މައްސަލައެއްގައެވެ.
މިސްކިތުގެ ތިރީ ފަންގިފިލާއިން ޖުމްލަ ހަތަރު ލައިޓެއް ވަނީ ވަގަށް ނަގާފައެވެ.
މި މައްސަލަ ފާހަގަކުރެވުމާއެކު، މާލެ ސިޓީ ކައުންސިލުން ވަނީ މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް، ތަހުގީގު ކުރުމަށް އެދިފައެވެ. އަދި މިސްކިތް ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނޭހެން ކައުންސިލުން މިހާރު ވަނީ އަލުން އައު ލައިޓްތައް ގަނެ، އެ ތަނުގައި ހަރުކޮށްފައެވެ.
މިސްކިތްތަކަށް ގެއްލުންދީ، ތަކެތި ވަގަށް ނަގަމުންދާ މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ޖުމްލަ 41 މިސްކިތެއް މާލެ ސަރަހައްދުގައި ހުންނައިރު، މިސްކިތްތަކުން ތަކެތި ވަގަށް ނެގުމާއި ގެއްލުން ދިނުމަކީ ދޭތެރެދޭތެރެއިން ތަކުރާރުވަމުން އަންނަ ބޮޑު މައްސަލައެކެވެ.
މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން މިސްކިތްތަކުން ނަމާދުކުރާ ފަރާތްތަކަށް ދޭ ޚިދުމަތްތަކަށް ބުރޫއަރައި، ސިޓީ ކައުންސިލަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގެއްލުންތަކާ ދަނީ ކުރިމަތިވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ނޯވޭގެ ރަސްގެފާނު ހާކޮން 8 ވަނައަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
16 ގަޑިއިރު ކުރިން

ނޭޕާލްގެ ފެންބޮޑުވުން: ހޮހަޅަތަކުގައި ތާށިވި މީހުން ސަލާމަތްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް!
16 ގަޑިއިރު ކުރިން

މިފްކޯގެ ޗެއަރމަން ކަމަށް ފާއިޒް އައްޔަނުކޮށްފި
17 ގަޑިއިރު ކުރިން

އެއް އުޅަނދަށް ވުރެ ގިނައިން ރަޖިސްޓަރީ ކުރާ ނަމަ 'މަލްޓިޕްލް އޯނާޝިޕް ފީ' ނަގަން ފަށައިފި
17 ގަޑިއިރު ކުރިން


